ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން ނިންމި އަނެއް ސަބަބަކީ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖަލު ހުކުމާއެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އެބަ އޮތުމުން ސާބިތު ދަރަންޏެއް ސާބިތުވެފައިވާތީ އެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ރައީސް އަބްދުﷲ ޔާމީން ކުރިމަތި ލައްވަން ހުށަހެޅުއްވި ކެންޑިޑެސީ ފޯމް އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަގަޅަށް ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ.
ޔާމީންގެ ކެނޑިޑެސީ ފޯމު އީސީއަށް ހުށަހެޅީ މިމަހުގެ އެއްވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އީސީން ވަނީ އެމަނިކުފާނުގެ ކެނޑިޑެސީ ފޯމު ބަލައި ނުގަންނަން ނިންމާފަ އެވެ. އެކަމާ ހިތްހަމަ ނުޖެހި، އެމަނިކުފާނުގެ ވަކީލުން ވަނީ ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފަ އެވެ.އީސީ އިން ކެނޑިޑެސީ ބަލައިނުގަތީ ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ޅ) އަށް ހަވާލާދީ އެވެ. އެ މާއްދާގައި ބަޔާން ކުރަނީ ޖިނާއީ ކުށެއް ސާބިތުވެގެން 12 މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމް ކަނޑައެޅުނު އަދަބު މައާފުކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކަށްވުމެވެ.އެ މާއްދާގައި "ހުކުމް"ގެ ގޮތުގައި މާނަކުރަނީ ނިހާއީ ހުކުމެއް ކަމަށާއި، ޔާމީންގެ މައްޗަށް ނިހާއީ ހުކުމެއް ނާންނަހާ ހިނދަކު އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ވަކާލާތުކުރެއްވި އެވެ. ކެންޑިޑެސީ ފޯމް ބަލައި ނުގަންނަން ނިންމި އަނެއް ސަބަބަކީ ޔާމީންގެ މައްޗަށް ސާބިތުވެފައިވާ ޖަލު ހުކުމާއެކު ދައުލަތަށް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު އެބަ އޮތުމުން ސާބިތު ދަރަންޏެއް ސާބިތުވެފައިވާތީ އެވެ. ޔާމީންގެ ފަރާތްޕުޅުން ވިދާޅުވެފައި ވަނީ އެ ފައިސާ ދައްކާ ހަލާސްކުރަން ޖެހޭ މުއްދަތު އަދި ހަމަނުވާ ކަމަށެވެ. އަދި އެ މައްސަލަ އޮތީ އިސްތިއުނާފީ މަރުހަލާގައި ކަމަށާއި އެއީ ސާބިތުވެފައިވާ ދަރަންޏެއް ކަމަށް ނުބެލެވޭ ކަމަށެވެ.ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުގެ ފުލް ބެންޗުން މިއަދު ކުރި ހުކުމުގައި ބަޔާންކޮށްފައި ވަނީ ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމުގައި، ފަސް މިލިއަން ޑޮލަރު ހަ މަސް ދުވަސް ތެރޭ ދައްކަން އަންގާފައިވާ ކަމަށެވެ. އެ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކާ އޮތުމުން އެ ޖޫރިމަނާ ސާބިތު ދަރަންޏަކަށް ބަދަލުވެގެންދާނެ ކަމަށެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ސުޕްރީމް ކޯޓުން ނާކާމިޔާބު، ޔާމީނަށް ވާދައެއް ނުކުރެއްވޭނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ