ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ސަރުކާރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދޫކޮށްފައި ހުރި ހުރިހާ ލޯނުތައް މާފުކޮށްދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އ. މަތިވެރީއަށް ވަޑައިގެން ބޭއްވި ޖަލްސާގައި ގާސިމް ވިދާޅުވީ ސަރުކާރުން ދުރާލާ ރައްޔިތުން ދަރަނިވެރިކުރުމުގެ ނިޔަތުގަ ތަފާތު އެކިއެކި ނަންނަމުގަ ލޯނުތައް ދެމުން އަންނަ ކަމަށެވެ. މިގޮތުން އެސްއެމްއީ ލޯނު ފަދަ ލޯނުތައް ދައުލަތުގެ ބަޖެޓުގައި ޖަހައިގެން ރައްޔިތުންނަށް ފައިސާ ބަހަމުންދާ ކަމަށް ގާސިމް ވިދާޅުވިއެވެ.
ލޯނުތައް ދެއްކުމުގެ ގާބިލްކަން ރައްޔިތުންގެ ކިބައިގަ މިއަދު ނެތް ކަން ފާހަގަކޮށް ގާސިމް އިބްރާހީމް ވިދާޅުވީ މިކަމުގެ ބޭނުމަކީ ވޯޓު ހޯދުން ކަމަށެވެ.
ގާސިމް ވަނީ ވޯޓު ދެއްވާއިރު ރިޔާސީ އިންތިހާބުގެ ރޭހުގައި ތިއްބެވި ބޭފުޅުންނާ މެދު ވިސްނައިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ.
މިނިސްޓަރު މައުސޫމު އެމްޑީޕީ އަށް ސޮއިކޮށްފި މީގެ ވިއްސަކަށް ތިރީހަކަށް އަހަރުފަހުން މިގައުމުގައި ދިވެހިން ދިރިއުޅޭނެ ކަމާއިމެދު ޝައްކު: އަލީ ވަހީދު ޑރ. ވަހީދު ޖޭޕީ އަށް ގުޅިވަޑައިގަންނަވަނީ ގާސިމް އިބްރާހިމްގެ ރަނިންމޭޓަކަށް ޑރ.އަމީން ހަމަޖައްސައިފި މަގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ