ރައްޔިތުން މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ) އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފިއެވެ.
ޝިޔާން މިރޭ ވަނީ އެމްޑީޕީއަށް އަލުން ސޮއިކުރައްވައި ފޯމު އެ ޕާޓީގެ އިސް ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލުކުރައްވައިފަ އެވެ.
ނަޝީދަށް ވަރަށް ބޮޑަަށް ތާއީދު ކުރައްވާ އެ މަނިކުފާނުގެ އެންމެ ވަފާތެރި މެންބަރުންގެ ތެރޭގައި ހިމެނޭ ޝިޔާނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި، ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި އެމްޑީޕީގެ 13 މެންބަރުންގެ ތެރޭގައި ހިމެނޭ މެންބަރެކެވެ.
އެމްޑީޕީން ވަކިވުމަށްފަހު ޝިޔާން ގެންދެވީ ރައީސް ސޯލިހަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. އަދި ރައީސް ސޯލިހު ނޫން ގޮތެއް ހޯދަންޖެހޭ ކަމަށްވެސް ވިދާޅުވެފައިވެއެވެ.
ޝިޔާން މިއަދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި އިރު، މަޖިލީހުގެ ކުޅުދުއްފުށީގެ ދާއިރާގެ މެމްބަރު ޔާސިރު ލަތީފުވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކުރައްވައި އެނބުރި އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ތޮއްޑޫ މެމްބަރު ޝިޔާން ވެސް އެނބުރި އެމްޑީޕީއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ