މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގެސްޓްހައުސްތަކުން ޓީޖީއެސްޓީގެ ގޮތުގައި ދައުލަތަށް ވަނީ ގޮތުގައި 2.1 މިލިއަން ޑޮލަރު ދައްކާފަ އެވެ.
މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގެސްޓްހައުސްތކުން ދެއްކި ޓޫރިޒަމް ޓެކްސް ނުވަތަ (ޓީޖީއެސްޓީ) ކުރީ އަަހަރަށްވުރެ 3.2 ޕަސެންޓުގެ ކުރިއެރުމެއް ލިބިއްޖެ އެވެ.
ދައުލަތުގެ ޓެކްސް އިދާރާ (މީރާ) ގެ ރަސްމީ ހިސާބުތައް ދައްކާ ގޮތުން ގެސްޓްހައުސްތަކުން މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގެސްޓްހައުސްތަކުން ޓޫރިޒަމް ޖީއެސްޓީ ނުވަތަ ޓީޖީއެސްޓީގެ ގޮތުގައި 2.1 މިލިއަން ޑޮލަރު ނުވަތަ 33 މިލިއަން ރުފިޔާ ވަނީ ދައުލަތަށް ދައްކާފަ އެވެ. ނަމަވެސް 2023 ވަނަ އަހަރު މި އަދަދު އުޅެނީ ދެ މިލިއަން ޑޮލަރު ނުވަތަ 32 މިލިއަން ރުފިޔާ އެވެ. މިއީ 3.2 ޕަސެންޓުގެ އިތުރުވުމެކެވެ.
މި އަދަދަށް ގެސްޓްހައުސްތަކުން ޓީޖީއެސްޓީ ދެއްކިއިރު ގެސްޓްހައުސްތަކުން މިދިޔަ އަހަރު 18,5 މިލިއަން ޑޮލަރު (286 މިލިއަން ރުފިޔާ) ވަނީ ސޭލް އާއި އައުޓްޕުޓް ޓެކުސް ވެސް ދައްކާފައިވެ އެވެ. ނަމަވެސް 2023 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި މި އަދަދު އުޅެނީ (264 މިލިއަން ރުފިޔާ) ގަ އެވެ.އެހެންވެ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ގެސްޓްހައުސްތަކުގެ ސޭލް އާއި އައުޓްޕުޓް ޓެކުސް ވަނީ 8.3 ޕަސެންޓުގެ އިތުރުވުމެއް ލިބިފަ އެވެ.
ރާއްޖޭގެ ގެސްޓްހައުސްތައް ގިނަ ރަށްރަށުން ދައުލަތަށް ބޮޑު އާމްދަނީއެއް ކޮންމެ އަހަރު ވެސް ދައްކަ އެވެ. އެންމެ ބޮޑު އާމްދަނީއެއް ދައްކަނީ މާފުށިންނެވެ. އެ ރަށުން ޓީޖީއެސްޓީ އާއި ޖީއެސްޓީގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ދައްކަ އެވެ. މިދިޔަ އަހަރުވެސް މާފުށިން 93 މިލިއަން ރުފިޔާ ވަނީ ޓެކުސްތަކުން ދައުލަތަށް ދައްކާފަ އެވެ. އަދި ރާއްޖޭގައި ގެސްޓްހައުސް ވިޔަފާރި އެންމެ ވަރުގަދަ ފަސް ރަށުން ދެއްކި އަދަދު އުޅެނީ 19.5 މިލިއަން ރުފިޔާގަ އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
މިދިޔަ ތިންވަނަ ކުއާޓަރު | ގެސްޓްހައުސްތަކުން ދެއްކި ޓީޖީއެސްޓީ 3.2 ޕަސެންޓް އިތުރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ