ކަރަންޓު ބިލަށް އަރާ ވަރު ވަގުތުން ބެލޭނެ ގޮތް ފެނަކަ އިން ހަދަނީ

ކަރަންޓު ބިލަށް އަރާ ވަރު ވަގުތުން ބެލޭ ގޮތަށް "ސްމާޓް މީޓާ" ޕްރޮޖެކްޓެއް ފެނަކަ ކޯޕަރޭޝަނުން ފަށައިފިއެވެ.
ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވީ ސްމާޓް މީޓާ ޕްރޮޖެކްޓް ދ. އަތޮޅުގައި ފަށާފައިވާ ކަމަށެވެ. ސްމާޓް މީޓަރާއެކު ކޮންމެ ދުވަހަކުވެސް ކަރަންޓް ހޭދަކުރެވޭ މިންވަރު އެނގި، ބިލް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަމަށް ވެސް މުއާޒް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފެނަކައިގެ ފަރާތުން މިހާރު ސްމާޓް މީޓަރު ޕްރޮޖެކްޓެއް ފަށައިގެން މިއުޅެނީ. މާނައަކީ ކޮންމެ ދުވަހަކު އެ ގެއިން ކޮންސިއުމް ކުރެވޭ ޔުނިޓްތަކުގެ އަދަދު އެއިރަށް ވަގުތުން ބެލެން ހުންނާނެ. މާނައަކީ މާދަމާ ނިމޭއިރުގައި މިހާރު ބިލަށް އަރާފައި އޮތް ވަރު އެނގޭނެ އޭ. އޭރަށް އެނގޭނެ އިތުރަށް ކޮންސިއުމް ކުރަން ނޫނިއްޔާ އިތުރަށް އިކޮނޮމައިޒްކުރަން މަގުފަހިވެގެންދާނެ އެބަޔަކު ބޭނުންވާ ލެވެލްއަކަށް ކަރަންޓު ބިލް ބަހައްޓަން." މުއާޒް ވިދާޅުވިއެވެ.
މުއާޒް ވިދާޅުވީ، ސްމާޓް މީޓަރު ޕްރޮޖެކްޓް އެންމެ ފުރަތަމަ ފެށީ ދ. ކުޑަހުވަދޫގައި ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ރަށުގެ ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބިލަށް އަރާ އަދަދު ބެލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރަމަޟާން މަހު ކަރަންޓް ބިލަށް ޑިސްކައުންޓް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމާ އެއްގޮތަށް ފެނަކައިން ވަނީ 25 މިލިއަން ރުފިޔާގެ ޑިސްކައުންޓް ގޭބިސީތަކަށް ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ