މޫސުން ގޯސްވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ރީނދޫ ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވެ، މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރީނދޫ ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ރީނދޫ ސަމާލު ނެރިފައިވަނީ ޅ އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށެވެ. އެ ސަރަހައްދަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 ފެށިގެން މެންދުރުފަހު 14:30 އަށެވެ.
މެޓް އޮފީހުން ބުނީ، އެވަގުތު ތަކުގައި ސަރަހަށްދަށް ގަޑިއަކު 25 މޭލާއި 30 މޭލު ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށެވެ.
މީގެ އިތުރުން މެޓް އޮފީހުން ވަނީ މުޅި ރާއްޖެއަށް ވެސް ހުދު ސަމާލު ނެރެފައެވެ.
އެގޮތުން ހުދު ސަމާލު ނެރިފައިވަނީ މިއަދުގެ 8:30 ހުން ފެށިގެން 14:30 އަށެވެ.
މި ދުވަސްވަރަކީ ވިއްސާރަވެ ވައުގަދަވެ ކަނޑުތައްވެސް ގަދަ ދުވަސްތަކަކަށް ވުމުން ކަނޑު ދަތުރުކުރައްވާ ފަރާތްތަކުން ސަމާލުވުމަށް ދިވެހި ރެޑް ކްރެސެންޓުން ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ