ޔޫ.އޭ.އީ އެއްގަމު ސިފައިންގެ ވެރިޔާ އިންޑިއާއަށް

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ އެއްގަމު ސިފައިންގެ ވެރިޔާ އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައިފިއެވެ.
ޔޫ.އޭ.އީ ލޭންޑް ފޯސަސްގެ ކޮމާންޑަރ، މޭޖަރ ޖެނެރަލް ޔޫސޫފް މާޔޫފް ސަޢީދު އަލްޙައްލާމީގެ މި ދަތުރުފުޅާއެކު ދެޤައުމުގެ އަސްކަރިއްޔާގެ މެދުގައި އިތުރު ބަދަހިކަމެއް އުފެދިގެން ގޮސްފައިވާކަމަށް ދެގައުމު ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ޖެނެރަލް ޙައްލާމީގެ ދަތުރުފުޅުގައި އިންޑިއާގެ އާމީގެ އެންމެ އިސްވެރިޔާ ޖެނެރަލް އުޕެންދްރަ ދްވިވޭދީ އާއި ބައްދަލުކުރައްވައި، ދެޤައުމުގެ އަސްކަރިއްޔާގެ ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ. އަދި އިންޑިއާއިން ވަނީ އޮޕަރޭޝަން ސިންދޫރާއި ބެހޭ މައުލޫމާތާއި، އިންޑިއާ އަސްކަރިއްޔާއިން އުފައްދާ ތަރައްޤީކުރަމުންދާ އެންމެ ފަހުގެ ޓެކްނޮލޮޖީތަކުގެ މައުލޫމާތު ޖެނެރަލް ޙައްލާމީއަށް އަރުވާފައެވެ. އިންޑިއާއިން އެގައުމުގައި އުފައްދާ ހަތިޔާރުތައް އެހެން ގައުމުތަކުގެ އަސްކަރިއްޔާތަކަށް ވިއްކަން ކުރާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތާއި، އިންޑިއާއިން އުފައްދާފައިވާ އެންމެ ފަހުގެ ހަތިޔާރު ޑިފެންސް ރިސަރޗް އެންޑް ޑިވެލޮޕްމަންޓް އޯގަނައިޒޭޝަނުން ވަނީ އެމަނިކުފާނަށް އަރުވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ