މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ބާބު ނިމުނުއިރު، ފަރުވާކުޑަކަމުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި އެބައޮތްކަމަށް އޮޑިޓް ރިޕޯޓުން ދައްކައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ އޮފީހުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ އެތެރޭގެ ގަވާއިދުތަކާއި ޕޮލިސީތަކާއި އެނޫންވެސް ކަންކަމަށް އުސޫލުގެ ތެރެއިން އަމަލުކޮށްފައިވޭތޯ ބެލުމަށް ކުރި 2023 ވަނަ އަހަރުގެ ކޮމްޕްލައިންސް އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ކޮމިޝަނަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި އުސޫލްތަކާ އެއްގޮތަށް އަމަލުކޮށްފައި ނުވާކަމަށެވެ.
އެގޮތުން ކޮމިޝަނަށް ނުލިބިވާ ފައިސާ ހޯދުމަށް ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އަޅާއި ނުވުމާއި ޖޫރިމަނާގެ ފައިސާ ޖޫރިމަނާގެ އުސޫލުން ހިސާބުކޮށްފައި ނުވާކަން ވަނީ ފާހަގަކޮށްފައެވެ.
ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި އޮންނަގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މަރުހަލާތަކެއް ކަޑައްތުކޮށް އެންމެފަހުން ޝަރުޢީ މަރުހަލާއަށް މައްސަލަ ފޮނުވައިގެންވެސް ދައުލަަތށް ލިބެންޖެހޭ ފައިސާ ހޯދުމަށް ބަޔާންކޮށްފައި ވެއެވެ. ނަމަވެސް ފައިސާ ހޯދަން ލިޔުމެއް ފޮނުވައިގެން ނޫންގޮތަކަށް ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްގެންގޮސްފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.
އޮޑިޓަރ ޖެނެރަލްގެ ރިޕޯޓުން ދައްކާގޮތުން ބްރޯޑްކާސްޓިން ކޮމިޝަނުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 30.6 މިލިއަން ރުފިޔާއަށް އަރައެވެ. އޭގެ ތެރޭގައި ހިމެނެނީ ބްރޯޑްކާސްޓިން ލައިސަންސް ފީ އާއި، އޭގެ ޖޫރިމަނާ، ރީބޯޑްކާސްޓިން ފީ އާއި އޭގެ ޖޫރިމަނާގެ އިތުރުން ފްރިކްއެންސީ ލައިސަންސް ފީ އާއި އޭގެ ޖޫރިމަނާއެވެ. މީގެ ތެރޭގައި ނުލިބި އެތައް އަހަރެއްވީ ފައިސާ ހިމެނެއެވެ.
އޮޑިޓް ރިޕޯޓްގައި ވާގޮތުން ބްރޯޑްކާސްޓިން ކޮމިޝަނަށް ކަނޑައެޅި ބަޖެޓް ކޮމިޝަނުން ހޭދަކޮށްފައިވަނީ އުސޫލްގެ ތެރެއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަހަރުގެ ސެޕްޓެމްބަރުމަހުގެ 18 ވަނަ ދުވަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު, ތަސްދީޤުކުރެއްވުމާއެކު، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ވަނީ އެދުވަހުން ފެށިގެން ޤާނޫނީގޮތުން އުވިފައިކަން ފާހަގަކޮށްލެވެއެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުގެ ބާބު ނިމުނުއިރު، ފަރުވާކުޑަކަމުން 35 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ނުލިބި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ