ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށާއި، މެދުރާއްޖެތެރެއަށް ކަނޑުތައް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކުރާނެ ގޮތް ހާމަކުރައްވަމުން މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ އެވްރޭޖްކޮށް ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ވިއްސާރަ ކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޯށް ވާރޭ ވެހޭނެ ކަމަށް އެއިދާރާއިން ވަނީ ލަފާކޮށްފައެވެ. އުތުރުގެ އަތޮޅުތަކަށް އިރުއުތުރާއި އިރުން އާންމު ވައި ހުރީ 7 މޭލާއި 15 މޭލާއި ދެމެދު ކަމަށެވެ. މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް 10 މޭލާއި 20 މޭލާއި ދެމެދު ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ދެކުނު އަތޮޅުތަކަށް 8 މޭލާއި 18 މޭލާއި ދެމެދު ވައި ޖެހޭނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ހުރިހާ ސަރަހައްދަކަށްވެސް 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން ވިދާޅުވިއެވެ.
ރާއްޖޭގެ ސަރަހައްދަށް ވިއްސާރަކުރާނެ ކަމަށް ލާފަކޮށްފައިވާޢިރު، މެދުރާއްޖެ ތެރޭގެ ރަށްތަކަށް ކަނޑުތައް ކުރިއަށް އޮތް 24 ގަޑިއިރުވެސް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ. ރާއްޖޭގެ އުތުރާއި ދެކުނު ސަރަހައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވިއެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ދައްކާގޮތުން މޫސުން އަލިވާނެ ކަމަށް ލަފާކުރެވެނީ ހަފުތާ ބަންދަށް ފަހުއެވެ. މޫސުން އަލިކުރާނެ ކަމަށް ލަފާކުރެވެނީ އާދީއްތައިގެ ފަހުނެނެވެ.
ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ވިއްސާރަވެ، މެދު ރާއްޖެގެ ރަށްތަކަށް ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު މިފަދަ ދަނޑިވަޅުތަކުގައި މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް ކަމާއި ބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.
ފިލައިގެން އުޅޭ ބިދޭސީންނަށް ލީގަލައިޒްވާން މުހިންމު ފުރުސަތެއް ރައްޔިތުންގެ ޝަކުވާތައް ގާތުން އައްސަވަން ރައީސް ބޭނުންފުޅުވޭ މަނާކުރި ފަހުން މިހާތަނަށް 73000އަށް ވުރެ ގިނަ ވޭޕްގެ ސާމާނު ހިފަހައްޓައިފި ރާއްޖެ ސަރަހައްދުގައި ގާނޫނާ ހިލާފަށް ހަރަކާތްތެރިވަމ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ