އިޓަލީގެ އެޑްރިއޭޓިކް ޕޯޓުން އިސްރާއީލަށް ހަތިޔާރު ބޭރުކުރަން އުޅެނިކޮށް ޕޯޓްގައި މަސައްކަތްކުރާ ފަލަސްތީނަށް ތާއީދުކުރާ މީހުންވެގެން އެކަން ހުއްޓުވައިފިއެވެ.
ދެ ކޮންޓެއިނަރެއްގައި އިސްރާއީލަށް ހަތިޔާރު ގެންދަން އުޅުމުން ޕޯޓްގެ ބައެއް މަސައްކަތްތެރިން ވަނީ އެކަން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާއި ބަނދަރުގެ ބައެއް އޮފިޝަލުން ވަނީ އެ ބަނދަރުގެ ވެރިފަރާތާ އެކަން ހިއްސާކޮށްފައެވެ.
މިކަމާ ގުޅިގެން އެސިޓީގެ މޭޔަރު އެލަސެންދްރޯ ބަަރަޓޯނީ ވިދާޅުވީ އިސްރާއީލްގެ ހައިފާއަށް ގޮވާތަކެތި ގެންދާކަން އެނގުމުން ޕޯޓުގެ ވެރިފަރާތުގެ ސަމާލުކަމަށް ގެނެސް އެކަން ހުއްޓުވާފައިވާކަމަށެވެ. އެނާ ވިދާޅުވީ އިޓަލީން އިސްރާއީލަށް ހަތިޔާރު ގެންދިއުން ހުއްޓުވުމަށް މައި ސަރުކާރަށް ބާރުއަޅަމުން ގެންދާކަމަށާއި، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ ހަމަލާތައް ބަލައި ނުގަނެވޭނެ ކަމަށެވެ.
އިޓަލީގެ އެޑްރިއޭޓިކް ޕޯޓްގެ އިތުރުން ބޮޑެތި ޕޯޓް ތަކުގައި އިސްރާއީލާ ދެކޮޅަށް ގެންދަނީ ހަޅުތާލުކުރަމުންނެވެ. މިކަމުގައި އެ ޕޯޓްތައް ހިމެނޭ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވާކަމަށް މީޑިއާތަކުން ބުނެއެވެ.
އިޓަލީގެ ޓްރޭޑް ޔޫނިއަންތަކުން ދަނީ އެޤައުމުން އިސްރާއީލާއެކު ވެފައިވާ ވިޔަފާރީގެ އެއްބަސްވުންތައް މިހާރުން މިހާރަށް އުވާލުމަށް ގޮވާލަމުންނެވެ. ކުރިއަށް އޮތް ދެ ދުވަސްތެރޭގައި މިކަމަށް ގޮތެއް ނުނިންމައިފިނަމަ ޕޯޓްތަކުގެ މަސައްކަތްތައް ހުއްޓުމަކަށް ގެންނާނޭކަމަށް އެ ޔޫނިއަނުން ވަނީ ބުނެފައެވެ.
އިޓަލީގެ ޕޯޓަކުން އިސްރާއީލަށް ހަތިޔާރު ގެންދަން އުޅުމުން ހުއްޓުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ