ފަލަސްތީނާއި ޖޯޑަންއަށް ސަފީރުން އައްޔަންކުރާށާއި ޓެކްސް ޓްރައިބިއުނަލަށް 14 ނަމެއް ފޮނުއްވައިފި
ޖޯޑަންއާއި ފަލަސްތީނަށް ރާއްޖެއިން ކަނޑައަޅާ ނޮން ރެޒިޑެންޓު ސަފީރުން އައްޔަނުކުރުމަށާއި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ނަންފުޅު ރައީސް ޑރ. މުޙައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވައިފިއެވެ. މަޖިލީހުގައި ރައީސް އަބްދުއްރަޙީމް އަބްދުﷲއަށް، އެ މަނިކުފާނު ފޮނުއްވި ސިޓީގައި ވަނީ ދެ ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުންގެ އައްޔަނުކުރުމަށް ބޭފުޅުންގެ ނަން ފޮނުއްވާފައެވެ. އެގޮތުން: ޖޯޑަންގެ ނޮން ރެޒިޑެންޓު ސަފީރު ކަމަށް ޑރ. ހާލާ ހަމީދު ފަލަސްތީނުގެ ނޮން ރެޒިޑެންޓު ސަފީރު ކަމަށް ޑރ. އިބްރާހީމް ޒުހުރީ އެ މައްސަލަ ދިރާސާކުރުމަށް އަބްދުއްރަހީމް ވަނީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ. މީގެ އިތުރުން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ފަސް މެންބަރުންގެ ދައުރު މި ހަފުތާގެ ހޮނިހިރު ދުވަހަށް ހަމަވާތީ، އެ މަގާމުތަކަށް ކުރިމަތިލާން ހުށަހެޅި މުއްދަތުގައި ކުރިމަތިލި ބޭފުޅުންގެ ނަންތައް މަޖިލީހަށް ރައީސް ވަނީ ހުށަހަޅުއްވާފައެވެ. އެ ބޭފުޅުންނަކީ: އަހުމަދު ޔާމީން، ބީޗް ކޯނާ/ ގދ، ގައްދޫ ސިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ، ގއ ނިލަންދޫ އައިޝަތު އިޝާ، ހުޅުމާލެ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ ހަސަން ނާސިހު އަހުމަދު، މާވަހި/ ސ. ހިތަދޫ އިބްރާހީމް އަފީފް، ގުލްބަހާރުގެ/ ބ.ތުޅާދޫ ހަސަން ޒުހައިރު މުހައްމަދު/ ގ. މާވާރުލު ޝައުފާ އިބްރާހީމް، އަކިރިވިލާ/ ދ. މީދޫ މުހައްމަދު ވަހީދު އަލީ، ދަފްތަރު ނަމްބަރު، ރސ. 0495 މުހައްމަދު އިމްތިޝާލް އަހުމަދު، މއ. މަލުވިލާ އުތުރުބައި އައިމިނަތު ޝާދިޔާ، މ. ޕިސްތާގެ އިބްރާހީމް ޝަރީފް، ގ.އަލިޝާ އަމީން ޒާހިރު، ނީލާ، ސ. ހިތަދޫ މުހައްމަދު އަބާން އިބްރާހީމް. ގ. އަންމޯލް ރައީސްގެ ސިޓީގައި ވަނީ ޓްރައިބިއުނަލްއަށް އައްޔަނުކުރާނެ ފަސް ބޭފުޅުންގެ ނަން ކަނޑައަޅައިދެއްވުމަށް އެދިވަޑައިގެންފައެވެ. އަބްދުއްރަހީމް ވަނީ އެ ބޭފުޅުންގެ ނަންތައް ދިރާސާކުރުމަށް ޖުޑިޝަރީ ކޮމިޓީއަށް ފޮނުއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ