ބާ އިމްތިހާނު 136 ކެންޑިޑޭޓުންނާ އެކު ބާއްވައިފި

136 ކެންޑިޑޭޓުންނާއެކު 2025 ވަނަ އަހަރުގެ ބާ އިމްތިޙާނު ދިވެހިރާއްޖޭގެ ބާ ކައުންސިލުން މިއަދު ބާއްވައިފިއެވެ. މި އަހަރުގެ އިމްތިޙާނު ބާއްވާފައިވަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގަ އެވެ.މި އަދަދާއެކު 2022 ގައި ތަޢާރަފްކުރެވި އަހަރަކު އެއް ފަހަރު ބާއްވަމުންދާ ބާ އިމްތިހާނުގައި މިހާތަނަށް 641 ފަރާތަކުން މި ވަނީ ބައިވެރިވެފަ އެވެ. މި އަހަރުގެ އިމްތިހާނުގައި މައިގަނޑު ހަ ދާއިރާއެއް ކަމުގައިވާ ކޮންޓްރެކްޓް ލޯ އެންޑް ޕްރެކްޓިސް، ކްރިމިނަލް ލޯ އެންޑް ޕްރޮސީޖާ، ލޭންޑް ލޯ އެންޑް ޕްރެކްޓިސް، ކޮންސްޓިޓިއުޝަނަލް އެންޑް އެޑްމިނިސްޓްރޭޓިވް ލޯ، ޓޯޓް ލޯ އަދި މޯލްޑިވިއަން ލީގަލް ސިސްޓަމްއިން، އިނގިރޭސި އަދި ދިވެހި ބަހުން ތައްޔާރުކޮށްފައިވާ 120 'މަލްޓިޕްލް-ޗޮއިސް' ސުވާލު ވަނީ ހިމަނާފައިވެ އެވެ.ބާ އިމްތިހާނުގެ ސިލަބަސް އެކުލަވާލަނީ ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ތަޖުރިބާކާރު ގާނޫނީ ވަކީލުންނާއި، ގާނޫނީ ތައުލީމު އުނގަންނައިދޭ ބޭފުޅުން އަދި ފަނޑިޔާރުން ހިމެނޭ ގޮތަށް އެކުލަވައިލެވޭ ބާ އިމްތިހާނުގެ 'ކޮމިޓީ އޮފް އެކްސްޕަޓްސް' އިން ކަމަށް ބާ ކައުންސިލުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ