އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ މާދަމާ ބައްދަލުކުރައްވައި ތެލާއި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ވިޔަފާރީގެ ދާއިރާއިންނާއި ޓެކްނޮލޮޖީ އަދި ނިއުކްލިއާ ހަކަތައިގެ ދާއިރާއިން ގުޅުން ބަދަހިކުރެއްވުމަށް ކުރައްވާ ދަތުރުފުޅެެއްގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް މިއަދު ވަޑައިގެންފި އެވެ.
މިއީ 2018 ވަނަ އަހަރު ތުރުކީވިލާތުގައި، ސައުދީ އެޖެންޓުން ސައުދީ އަރަބިއްޔާގެ ސިޔާސަތުތަކަށް ފާޑުކިޔަމުން ދިޔަ ޖަމާލް ހާޝުގްޖީ އަވަހާރަކޮށްލި ހާދިސާއަށް ފަހު ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެމެރިކާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
އެ ހާދިސާގެ ހަލަބޮލިކަމުގެ އަސަރު މުޅި ދުނިޔަށް ކުރި އެވެ. އެމެރިކާގެ އިންޓެލިޖެންސުން ނިންމާފައި ވަނީ ހާޝުގްޖީ ހައްޔަރު ކުރަން ނުވަތަ އަވަހަރަކޮށްލުމަށް ސައުދީ ވަލީއަހުދު ހުއްދަ ދެއްވި ކަމަށެވެ.
އެމްބީއެސްގެ ނަމުން މަޝްހޫރުވެފައިވާ ވަލީއަހުދު ވަނީ އެ އޮޕަރޭޝަނަށް އަމުރު ކުރެއްވި ކަމަށް އިންކާރު ކުރައްވައިފަ އެވެ. ނަމަވެސް ސައުދީގެ ވެރިއެއްގެ ހައިސިއްޔަތުން ޒިންމާ ނަންގަވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އޭގެ ހަތް އަހަރު ފަހުން، ދުނިޔޭގެ އެންމެ ބޮޑު އިގުތިސާދު އަދި ދުނިޔޭގެ އެންމެ ބޮޑު ތެޔޮ އުފައްދާ ގައުމުން ވަނީ ކުރިއަށް ދިއުމަށް ނިންމައިފަ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިދިޔަ މޭ މަހު ސައުދީއަށް ކުރެއްވި ދަތުރުފުޅުގައި 600 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއްގެ ފައިދާ ހޯއްދަވައިދެއްވާނެ ކަމަށް ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަން އޭނާ ދުރުހެލިވެވަޑައިގަތެވެ. އަދި މާދަމާގެ ބައްދަލުވުމުގައި ވެސް އެ ވާހަކަތައް ދެއްކެވުމަށް ދުރުހެލިވާނެ ކަމަށް ބެލެވެ އެވެ.
ސައޫދީ ލީޑަރު ބޭނުންފުޅުވަނީ ސަރަހައްދީ ހަލަބޮލިކަމުގެ ތެރޭގައި ސަލާމަތީ ޔަގީންކަމާއި އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީ ބޭނުންކޮށް، މަދަނީ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭ އެއްބަސްވުމަކަށް ދިއުމަށެވެ.
އެމެރިކާ އާއި ސައޫދީ އަރަބިއްޔާއާ ދެމެދު ޒަމާނުއްސުރެ އޮތީ ހެޔޮ އަގުގައި ތެޔޮ ވިއްކައި އޭގެ ބަދަލުގައި ސުޕަ ޕަވާ އިން ރައްކާތެރިކަން ފޯރުކޮށްދޭ އެއްބަސްވުމެކެވެ.
ސައުދީ އަރަބިއްޔާގެ ވަލީއަހުދު އެމެރިކާއަށް ވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ