ވައިޓް ލޮޓަސްގެ ހަތަރުވަނަ ސީޒަން ފްރާންސްގައި

އެޗްބީއޯގެ އެންމެ މަގުބޫލު ޝޯތަކުގެ ތެރޭގައި ހިމެނޭ "ވައިޓް ލޮޓަސް"ގެ ކުރިއަށް އޮތް ސީޒަން، ސީޒަން ހަތަރެއް ބިނާކުރާނީ ފްރާންސްއަށް ކަމަށް ހާމަކޮށްފިއެވެ. މިއަހަރު ދެއްކި ޝޯގެ ތިންވަނަ ސީޒަން ވެސްވީ ބޮޑު ހިޓަކަށެވެ. ޝޯގެ މަގުބޫލުކަމާ ގުޅިގެން ތިންވަނަ ސީޒަން ދައްކަން ވެސް ނުފަށަނީސް ޝޯގެ ހަތަރުވަނަ ސީޒަނެއް އިއުލާނު ކުރިއެވެ. އޭރު ޝޯ ބިނާކުރާނެ ތަނެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެޗްބީއޯއިން ދާދިފަހުން ހާމަކޮށްފައިވާ ގޮތުގައި އާ ސީޒަން ބިނާކުރާނީ ފްރާންސް އަށެވެ. އެހެންނަމަވެސް ފްރާންސްގެ ކޮން ހިސާބެއް ކަމެއް އެޗްބީއޯއިން ހާމަކޮށްފައެއް ނުވެއެވެ. މި ޝޯގެ އެޕިސޯޑުތައް ކުޅެނީ އެ ގައުމެއްގައި ހުންނަ "ފޯ ސީޒަންސް"ގެ ރިސޯޓުތަކާއި ހޮޓެލްތަކުގައެވެ. ވައިޓް ލޮޓަސްގެ ފުރަތަމަ ސީޒަން ބިނާކޮށްފައި އޮތީ ހަވައީ އަށެވެ. އަދި ދެވަނަ ސީޒަންގައި ފެނުނީ އިޓަލީގެ ސިސިލީއެވެ. އެންމެފަހުން މިއަހަރުގެ ޝޯގެ ތިންވަނަ ސީޒަނުން ފެނިފައިވަނީ ތައިލެންޑެވެ. ޝޯގެ އާ ސީޒަންގެ ޝޫޓިން ފަށާނީ އަންނަ އަހަރު ކަމަށް އެޗްބީއޯއިން ހާމަކޮށްފައިވެއެވެ. ވައިޓް ލޮޓަސް އަކީ ބޮޑު ކާސްޓެއް އޮތް ޝޯއެކެވެ. އެގޮތުން ތިއޯ ޖޭމްސް އާއި ޖެނިފާ ކޫލިޖްގެ އިތުރުން އެލެގްޒެންޑްރިއާ ޑަޑާރިއޯ އަދި އޯބްރީ ޕްލާޒާ ފަދަ އެކްޓަރުން ވަނީ ޝޯއިން ފެނިފައެވެ. އަދި ކޮންމެ ސީޒަނަކާ ދިމާކޮށް ކާސްޓުން ވެސް ބަދަލުވެއެވެ. މިއަހަރު ދެއްކި ތިންވަނަ ޝޯގެ އެންމެ ބޮޑު ހައިލައިޓަކީ ކޭޕޮޕްގެ އެންމެ ބޮޑު ގްރޫޕު "ބްލެކްޕިންކް"ގެ ލިސާ މަނޮބަން ނުވަތަ "ލިސާ" އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ