އެސްޓީއޯ ޖެނެރަލް ޓްރޭޑިންއިން ޔޫރަޕްގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓް ރޭންޖް ރާއްޖޭގެ ބާޒާރަށް ތަޢާރަފްކޮށް، ވިއްކަން ފަށައިފިއެވެ. މި އުފެއްދުންތައް ތަޢާރަފްކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ 19 އޭޕްރީލް 2026 ވީ އާދިއްތަ ދުވަހު އެސްޓީއޯ ޕީޕަލްސް ޗޮއިސްގައެވެ.
މި ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ހީޓް ޖިމްގެ ސީއީއޯ އަދި ފިޓްނަސް އިންސްޓްރަކްޓަރ އައިޝަތު ޝިފާނާ ވަޖީހެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޝިފާނާ ވަނީ މި ޕްރޮޑަކްޓްތަކުން ލިބިދޭ ސިއްޙީ ފައިދާތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވާފައެވެ.
’ހެލްތީ، ނެޗުރަލް، ޕްރިމިއަމް ބްރޭކްފާސްޓް ބްރޭންޑް‘ އެއްގެ ގޮތުގައި މަޝްހޫރު ވެފައިވާ ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތަކުގެ ތެރޭގައި ގްރެނޯލާ، މޫސްލީ، އޯޓްމީލް، ޕޮރިޖް އަދި ޕްރޮޓީން އެކުލެވޭ ސީރިއަލް ފަދަ ތަފާތު ބާވަތްތައް ހިމެނެއެވެ. މިއީ ސިއްހަތަށް ބަލައިގެން ކެއުން ބައްޓަންކުރާ ފަރާތްތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.
އެސްޓީއޯއިން މައުލޫމާތުދޭ ގޮތުގައި މި ޕްރޮޑަކްޓްތަކަކީ ހެނދުނުގެ ނާސްތާގެ އިތުރުން ދުވަހުގެ ކޮންމެ ވަގުތެއްގައިވެސް ބޭނުންކޮށްލެވޭނެ، ހަށިގަނޑަށް ފައިދާހުރި މީރު އުފެއްދުންތަކެކެވެ. މިއީ ދުޅަހެޔޮ ދިރިއުޅުމަކަށް ލޯބިކުރާ ފަރާތްތަކަށް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމަނާލަން އެންމެ އެކަށީގެންވާ އެއް ބްރޭންޑެވެ.
މި ބްރޭންޑް ތަޢާރަފްކުރުމާ ގުޅިގެން އެސްޓީއޯއިން ވަނީ ދެ ހަފްތާގެ މުއްދަތަށް ކުރިއަށްދާ ޚާއްސަ ޕްރޮމޯޝަނެއްވެސް ފަށާފައެވެ. މި ކެމްޕެއިންގެ ދަށުން ”ވަން ޑޭ މޯ“ ގެ ޕްރޮޑަކްޓްތައް ގަންނަ ކަސްޓަމަރުންނަށް ޚާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.
”ވަން ޑޭ މޯ“ ބްރޭންޑްގެ ހުރިހާ އުފެއްދުންތަކެއް މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މާލެ އައުޓްލެޓުންނާއި ހުޅުމާލެ ފޭސް 1 ގައި ހުންނަ އައުޓްލެޓުން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުނެއެވެ.
އެސްޓީއޯގެ ’ވަން ޑޭ މޯ‘ ގެ ޕްރޮޑަކްޓްތައް ތަޢާރަފް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ