ގައުމު ހަމަ މަގަށް އެޅުވުމަށް އެކުގައި މަސައްކަތް ކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އަދި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްބަސްވުމެއްގައި މިއަދު ސޮއިކުރައްވައިފި އެވެ.
ތިން ރައީސުން އެކުގައި މަސައްކަތް ކުރައްވަން ނިންމަވައި، މިރޭ ވަނީ ތިން ބޭފުޅުން ބައްދަލުކުރައްވައިފަ އެވެ. މިއީ މި ތިން ރައީސުން އެއް މޭޒަކަށް ވަޑައިގެން މަޝްވަރާ ކުރެއްވި ފުރަތަމަ ފަހަރެވެ. މި ބައްދަލުވުމުގައި ތިން ރައީސުން އެއްބަސްވުމެއްގައި ސޮއިކުރެއްވި އެވެ.
ގައުމު ހަމަ މަގަށް އެޅުވުމަށް ކުރީގެ 3 ރައީސުން އެކުގައި މަސައްކަތް ކުރައްވަން އެއްބަސްވުމެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ