ހަރަދު ކުޑަކުރަން އިންތިހާބު އެއްކޮށްލާ ވާހަކައަކީ ބިލާހެއް؛ އުޅެނީ ދައުރު ދަންމާލަން: އަލީ ހުސެއިން

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުގެ ފާރާތުން ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބޭނުމަކީ ހަރަދު ކުޑަކުރުންކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ވާހަކަތަކުގައި އެއްވެސް ބުރަދަނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލިސް ޗުއްޓީގައި ވަނިކޮށް، ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހުގެ މަސައްކަތް ދައުރުން ބޭރުން ޖަލްސާއެއް ބާއްވައި ފުރަތަމަ ކިއުން ވަނީ އިއްވާފަ އެވެ. އަދި ބިލުގެ ބަހުސް އެ ދުވަހު ކުރުމަށް ފަހު ހަމަ އެ ދުވަހު ދިރާސާއަށް ކޮމިޓީއަށް ފޮނުވާލި އެވެ.
އިދިކޮޅު މެމްބަރުން ތުހުމަތު ކުރާގޮތުގައި، މި އިސްލާހު ހުށަހެޅުމުގެ ބޭނުމަކީ ވެރިކަމުގެ ދައުރު 10 އަހަރު ދުވަހަށް ދަންމާލުމެވެ. ނަމަވެސް އެކަން ދޮގުކޮށް ސަރުކާރުގެ މެމްބަރުން ބުނީ ބޭނުން ވަނީ ކައުންސިލް އިންތިހާބާއި އެކު، ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް މި މައްސަލައިގައި ނެގުމަށް ކަމަށެވެ.
އިސްލާހާއި ގުޅޭގޮތުން ސަންގުޓީވީގެ ”ހަބަރަށްފަހު“ ޕްރޮގްރާމްގައި އަލީ ހުސެއިން ހުސެއިން ވިދާޅުވީ ސަރުކާރުން މި ހުށައަޅާ ނުވަތަ ދައްކާ ބަހަނާއަކީ އަދި ސަބަބެއް ކަމުގައި ބަޔާންކުރަނީ އިލެކްޝަންސްތައް ބޭއްވުމުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ދެ އިންތިިހާބު އެއްކުރާ ވާހަކަ ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ ހަރަދު ކުޑަ ކުރުމަށް ބަލާއިރު، ދިވެހިރާއްޖޭގައި އެންމެ ބޮޑު ހަރަދެއް ހިނގަނީ ފަސް އަހަރުން އެއް ފަހަރު ބާއްވާ ނޫން ކަމަށެވެ. ހަރަދުތައް ކުޑަ ކުރާ ކަމަށްވާނަމަ، އެކަން ކުރަން ހުރި އަދި ހަރަދު ކުޑަ ކުރަން ޖެހޭ ބައިވަރު ކަންކަން ހުރި ކަމަށް އަލީ ވިދާޅުވިއެވެ.
ދައުލަތުން ކުރަމުންގެންދާ އިސްރާފުގެ ވާހަކަ ފާހަގަކުރައްވާ އަލީ ހުސެއިން ވިދާޅުވީ އިންތިހާ ދަރަޖައަށް ސިޔާސީ މަގާމުތައް ގިނަކޮށް، ކޮންމެ އޮފީހެއްގެ ނުވަތަ ކޮންމެ މިނިސްޓްރީއެއްގައި ވެސް ސިވިލްސާވިސް މުވައްޒަފުންގެ އަދަދާއި އެއްވަރަށް ސިޔާސީ މީހުން އައްޔަނުކޮށް ކުރާ އިސްރާފާއި، ކުންފުނިތަކަށް ބޭނުންނުވާ މިންވަރަށް މުވައްޒަފުން ލައިގެން ހުންނަ ކަމަށެވެ. އެގޮތުން އަލީ ވަނީ މިސާލެއްގެ ގޮތުން އެކި ސަރުކާރުގެ ކުންފުނިތައްވެސް ފާހަގަކޮށްފައެވެ.
”ހިފެހެއްޓުމެއްނެތް މިންވަރަށް، ހަގީގަތުގައި މިނެއް، ހައްދެއް، ސުމާރެއް ނެތް މިންވަރަށް ދައުލަތުން މިދަނީ އިސްރާފުކުރަމުން. ހަމައެއާއިއެކު އަޅުގަނޑު ފާހަގަކޮށްލަން  ބޭނުން، ސަރުކާރުން ދިވެހިރާއްޖޭން ބޭރުގައި ހުޅުވައިފައި ހުރި ކޮމިޝަން ތަކުގައި މާ ގިނަ މީހުން އެބަތިބި. ވަރަށް ގިނަ އަދަދެއް. ހަމަ ކުޑަ މިސާލެއް ދަންނަވާލާނަން. މިސާލަކަށް ދިވެހިރާއްޖޭގައި ހުޅުވާފައި ހުރި ޝްރީލަންކަން ކޮމިޝަނުގައި ތިބީ ކިތައް މީހުންތޯ. ހަޔެއްކަ މީހުން ނުވަތަ އަށެއްކަ މީހުން. އެހެންނަމަވެސް އަޅުގަނޑުމެން ކޮލަމްބޯގައި ހުޅުވާފައި ހުރި އެމްބަސީގައި ނުވަތަ ހައިކޮމިޝަނުގައި އެބަހުއްތޭ 40އަށް ވުރެ ގިނަ މީހުން. އެންމެ ފަހުން އަޅުގަނޑަށް މައުލޫމާތު ލިބުނު އިރު 45އަކަށް ވުރެ ގިނަ މުވައްޒަފުން އެބް އުޅޭ“
އަލީ ހުސެއިން ވިދާޅުވީ ކޮންމެ އަހަރަކު ދައުލަތުގެ އޮފީސްތައް ހިންގުމަށްޓަކައި ކުއްޔަށް ނަގާފައިވާ އިމާރާތްތަކަށް އަހަރަކު 200 މިލިއަން ރުފިޔާ ހަރަދު ކުރާ ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ 5 އަހަރެއް ނުވަތަ ދައުރަކަށް ބަލާއިރު އެއީ 1 ބިލިއަން ރުފިޔާ ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ އެކަމުގެ ހަރަދު ކުޑަކުރުމަށް، މަސައްކަތް ކުރާ ނަމަ އެކަން މަދު ކުރަން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އަލީ ހުސެއިން ވިދާޅުވީ އެންމެ ގިނަ ބިން އޮތީވެސް މިއަދު ދައުލަތުގައި ކަމަށެވެ.
ހަމައެކަނި ހައުސިންގ އެޅުމުގެ ބަަދަލުގައި އެއާއިއެކު ދައުލަތުގެ އޮފީސްތައްވެސް އަޅަން ޖެހޭ ކަމަށް އަލީ ހުސެއިން ހުސެއިން ވިދާޅޫވއިެވެ. އަލީ ހުސެއިން ވިދާޅުވީ އެހެންކަމުން ހަރަދު ކުޑަކުރަންބުނެ ދައްކާ ވާހަކައަކީ ބިލާހެއް ކަމަށާއި، އެއީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. ހަގީގަތުގައި ސަރުކާރުން ބޭނުންވަނީ ދެވަނަ ދައުރެއް ރައީސް މުއިއްޒުއަށް ހޯދަން ކަމަށް ވިދާޅުވިއެވެ. އަލީ ހުސެއިން ވިދާޅުވީ މިހާރު މި ކުރާ ކަމަކީ އެއްވެސް ގޮތަކަށް ހަރަދު ކުޑަ ކުރުމަށް ކުރާ ކަމެއް ނޫން ކަމަށާއި މިއީ ހަމައެކަނި އެންމެ ސަބަބަކަށް ޓަކައި ކުރާ ކަމެއް ކަމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ