ފެނަކަ 'ރައިޓް ސައިޒް' ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުވައްޒަފުން މަދުކުރުމުގެ ގޮތުން ހަތަރު މަހުގެ މުސާރަ ލިބޭ ގޮތަށް އަމިއްލައަށް ވަޒީފާއިން ކެނޑުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް އެކަން އަންގައި، އިއްޔެ ނެރުނު މެމޯއެއް ވަނީ އާންމުވެފަ އެވެ.
ތަފްސީލު - ފެނަކައިގެ ޗީފް ކޯޕަރޭޓް އޮފިސަރު ހުސައިން އުސައިދު ސޮއިކޮށް ނެރުނު އެ މެމޯގައި ބުނެފައިވަނީ:
މުވައްޒަފަކު އެެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ ނަމަ، 4 މަހުގެ މުސާރަ ލިބޭނެ ކަމަށް
އެ ފުރުސަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން 14 ޖޫންގެ މެންދުރުފަހު 3 ޖެހުމާހަމައަށް
އަމިއްލައަށް ކެނޑެން ބޭނުންވާ މުވައްޒަފުން އެކަން ލިޔުމުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަން ވާނެ
އޭގެ އިތުރުން ފެނަކައިގެ 'މުވައްޒަފުންގެ ގަވާއިދު 2022'ގެ އެކި މާއްދާތަކާ ހަވާލާދީ، 'އާލީ ރިޓަޔަމަންޓް ޕްރޮގްރާމް'ގެ ދަށުން އެ ކުންފުނީގެ ވަޒީފާއިން ރިޓަޔާވާން ބޭނުންވާ މުވައްޒަފުން ވެސް އެކަން ލިޔުމުން ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް ހުށަހަޅަން އެ މެމޯގައި ވަނީ އަންގާފަ އެވެ.
އެނގުން މުހިންމު - ފެނަކައިގެ އާމްދަނީއާ ނުބައްދަލުވާ މިންވަރަށް ވަޒީފާ ދިނުމާއި އުސޫލުން ބޭރުން ޕްރޮމޯޝަން ދިނުން ފަދަ ކަންކަން މީގެ ކުރިން ނެރުނު އޮޑިޓް ރިޕޯޓުތަކުގައި ވެސް ފާހަގަކޮށްފައިވެ އެވެ.
އެގޮތުން މުވައްޒަފުންގެ މުސާރައަށް ކުރަން ޖެހޭ ބޮޑު ހޭދައިގެ ސަބަބުން ފެނަކައިގެ ހިދުމަތްތައް ދިނުމަށް ކޮންމެހެން ބޭނުންވާ ސާމާނު ނުގަނެވުން ފަދަ މައްސަލަތައް މީގެ ކުރިން ވެސް ކުރިމަތިވެފައިވެ އެވެ.
4 މަހުގެ މުސާރައާ އެކު ފެނަކަ ވަޒީފާއިން ކެނޑުމުގެ ފުރުސަތު ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ