ފަލާހަށް: މުއިއްޒު ދެކެ ވާ ލޯބިން ޕީއެންސީ މީހުން ވެސް ބޭނުމީ ވެރިކަން ނިންމަން!

އެތައް ހާސް ބައެއްގެ މައްޗަށް އެކުލެވޭ ޕީއެންސީއަކީ ރައީސް މުއިއްޒުގެ ގޮނޑިކޮއްކޮއެއް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރ ސިފަކޮށްފިއެވެ. ޕީއެންސީގެ ކަންކަން ހިނގާނީ މުއިއްޒު ބޭނުންވާ ގޮތަށް ކަމަށް ފަލާހު ބުނުމުން ޕީއެންސީއަކީ މުއިއްޒު ނޫން އެހެން އެއްވެސް މީހެއްގެ ބަސްވިކޭ ޕާޓިއެއް ނޫންކަން ކަށަވަރުވެއެވެ. 
ފަލާހުގެ ވާހަކައިން ޔަގީންވީ ކަމަކީ ޕީއެންސީގައި އާއްމު މެންބަރުންނާއި އެޕާޓީގެ ގުނަންތަކުގެ އެއްވެސް ބާރެއް ނެތްކަމެވެ. ތަފާތު ހިޔާލާއި މަޝްވަރާއަށް ޕީއެންސީގައި އެއްވެސް ފުރުސަތެއް ނެތްކަމަށް ސާފު ބަހުން ފަލާހު އެބުނީއެވެ. ވަރުވަރުން މީހުން ތިއްބަސް އެކަކަށް އެއްކަމެއްވެސް މުއިއްޒާ ހިލާފަށް ނުކުރެވޭ ކަމަށް ފިތިފައިވާ މީހަކަށް ބުނެވޭނީ އެހާކަށް ވަރަށެވެ. 
ރައްޔިތުން އިންތިހާބުކޮށް ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ތިބި މެންބަރުންގެ ފުށުންވެސް ފެންނަނީ އެކަމެވެ. މުއިއްޒު ބޭނުންވުމުން މެންބަރުންގެ ގޮނޑިގެއްލުވާ ލެވޭވަރަށް ބާރު ދޫކޮށްލައިގެން އެތިބެނީވެސް މުއިއްޒު ބޭނުންނުވާ ގޮތެއް ހެދޭވަރުގެ ހަކަތަ ނެތިގެންނެވެ.
މުއިއްޒު ދެކެވާ ލޯބިން ސިޔާސީ ކަންކަމާއި ގައުމުގެ ކަންކަމުގައި މުއިއްޒު ބޭނުންހާ ގޮތެއް ހަދަން ދޫކޮށްލުމަކީ ހިޔާނާތެކެވެ. މުއިއްޒު އެޅިހާބަތަކަށް ރިހަވެގެން އުޅެން ޕީއެންސީއަކީ މުއިއްޒުގެ ލޯބީގެ ދާސްތާނެއް ނޫނެވެ. ޕީއެންސީއަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ހަރަދުކޮށްގެން ހިންގާ އެތައް ރައްޔިތުންނެއް ތަމްސީލުކުރާ ސިޔާސީ ޕާޓީއެކެވެ. މުއިއްޒު ޖީބުން ހަރަދުކޮށްގެން ހިންގާ ކުއްޔަށް ކޮޓަރިދޭ ގެއެއް ނޫނެވެ.
މުއިއްޒުދެކެ ލޯބިން މުއިއްޒު ބޭނުންހާ ގޮތަކަށް ކޮށްދޭނީ މުއިއްޒުގެ އަމިއްލަ ކަންކަމެވެ. ސިޔާސީ ޕާޓީތަކާއި ގައުމީ ކަންކަމަކީ ލޯބީގެ ކަމެއް ނޫނެވެ. ފަލާހުމެން ވާ ލޯބިން ކުރާނެހާ ކަމެއްކުރަން ދޫކޮށްލުމުން ރައީސް އޮފީހުގެ ސޮފާތަކާއި މޭޒުތަކަށް ދަންނދެން މުއިއްޒުގެ ލޯބީގެ މަސަންދުތަކަށް ބަދަލުވަނީއެވެ. 
ޕީއެންސީގެ އާއްމުމެންބަރުންނާއި ޕާޓީގެ ގުނަންތަކުގައި ތިބިހާ މީހުންނަކީ ބުއްދިއެއް ހިކުމަތެއް ހުރި ބަޔަކަށް މުއިއްޒަކަށް ނުވެއެވެ. އެންމެ މޮޅަށް އެންމެ ރަނގަޅަށް ހުރިހާ ކަމެއްވެސް އެގޭ މީހަކީ މުއިއްޒުކަމަށް ދެކިގެން މުއިއްޒު އުޅުނެއް ކަމަކު އެންމެނަކު އެކަމެއް ގަބޫލެއް ނުކުރެއެވެ. ހެދިހާ އެއްޗެއް ހެދިގެން މީހުން ތިބީކީ ކުރާހާ ކަމެއް ރަގަޅުުވެގެން ރުހިގެން ލޯތްބަކުން ނޫނެވެ.
ދައުލަތް ހިންގުމުގައި މުއިއްޒަށް ފެންނަހާ ގޮތަކަށް ކަންކަން ކުރުމަކަށް ޕީއެންސީގެ ގިނަ މީހުންވެސް ގަބޫލެއް ނޫނެވެ. އެންމެ ފަހުން އޮތް ފެންނަ ނުފެންނަ ވޯޓުންވެސް މުއިއްޒު ބޭނުންވާހާ ގޮތަކަށް ގައުމުގެ ކަންކަން ދާން ބޭނުން ނުވާ އެތައް ހާސް ޕީއެންސީ މެންބަރުން ތިބިކަން ވަރަށް ސާފެވެ. 
ފަލާހެވެ. މުއިއްޒު ދެކެވާ ލޯތްބަކުން ޕީއެންސީގެ ގިނަ މެންބަރުން ވެސް މިހާރު ތިބީ ގާނޫނީ އިމުގެތެރެއިން މުއިއްޒުގެ ވެރިކަން ނިންމާލާނެ ދަނޑިވަޅަކަށް ބަލަބަލައެެވެ. ބަސް ހުއްޓި އަނގަ ބަންދުކޮށްގެން ތިބީ ލޯތްބަކުން ނޫނެވެ،
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ