އެމްބީސީގެ އޮޑިޓް: ލިބެންޖެހޭ ފައިސާގެ ހިސާބުތައް ކަށަވަރެއް ނުކުރެވުނު

އުވާލައިފައިވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ)ގެ 2023 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން އެ ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގައި ބޮޑެތި އިހުމާލުތަކެއް ހުރިކަން، އެ ކޮމިޝަނުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ.
މި ޖޫން މަހުގެ 4 ވަނަދުވަހު އާއްމުކޮށްފައިވާ އޮޑިޓް ރިޕޯޓގައިވާގޮތުން، 2023 ވަނަ އަހަރުގެ ނިޔަލަށް ކޮމިޝަނަށް ލިބެންޖެހޭ ފައިސާގެ ގޮތުގައި 30,578,453 (ތިރީސް މިލިއަން ފަސް ލައްކަ ހަތްދިހަ އަށް ހާސް ހަތަރު ސަތޭކަ ފަންސާސް ތިނެއް) ރުފިޔާ ހިމަނާފައިވެއެވެ. ނަމަވެސް، 2024 ވަނަ އަހަރުގެ ނިޔަލަށް މި އަދަދަށް އައި ބަދަލުތައް ބެލޭނެ ގޮތެއް ނެތްކަން އޮޑިޓުން ވަނީ ދައްކާފައެވެ.
މިނިސްޓްރީ އޮފް ފިނޭންސްގެ ސެޕް ސިސްޓަމްގެ ރެކޯޑްތަކަށް ބަލާއިރު، 2024 ވަނަ އަހަރު ކޮމިޝަނަށް 7,445,297 (ހަތް މިލިއަން ހަތަރު ލައްކަ ސާކީސް ފަސް ހާސް ދުއިސައްތަ ނުވަދިހަ ހަތެއް) ރުފިޔާ ލިބިފައިވާ ކަމަށް ދައްކައެވެ. ނަމަވެސް، ލިބެންޖެހޭ ފައިސާގެ ރެކޯޑްތައް ފުރިހަމައަށް ބަލަހައްޓާފައި ނުވުމާއި، ސިސްޓަމަށް އެންޓްރީތައް ހަދާފައި ނެތުމުގެ ސަބަބުން، މި ފައިސާއަކީ ކުރިން ނުލިބި ހުރި 30 މިލިއަން ރުފިޔާގެ ތެރެއިން ލިބުނު ފައިސާކަން ކަށަވަރު ކުރެވޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ