އުނގޫފާރު އިންޖީނުގެ ހިންގުން ފެނަކަ އަށް

ރ.އުނގޫފާރު އިންޖީނުގެ ހިންގުން ފެނަކައާ މިއަދު ހަވާލުކޮށްފި އެވެ.
އުނގޫފާރު އިންޖީނުގެ ފާއިތުވި 24 އަހަރު ހިންގަމުން އައީ އެ ރަށު ރައްޔިތުންނެވެ.
އިންޖީނުގެ ޙަވާލުކުރުމަށް އުނގޫފާރު ރައްޔިތުންގެ ބައިވެރިވުމާއެކު އެރަށުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އައިމިނަތު ޝައުނާ އެވެ. މި ރަސްމިއްޔާތުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
ފެނަކަ އިން ބުނީ މިއީ ރަށްރަށުގައި ފެނަކައިން ދެމުންދާ ޒަމާނީ ދެމެހެއްޓެނިވި ފުރިހަމަ ޚިދުމަތްތަކުން ލިބުނު އިތުބާރުގެ މައްޗަށް އުނގޫފާރު ރައްޔިތުން ނިންމި ނިންމުމެއް ކަމަށެވެ.
އެގޮތުން އުނގޫފާރަށް ބޭނުންވާ ފުރިހަމަ ކަރަންޓު މެދުނުކެނޑި ދިނުމަށް ބޭނުންވާ 800 ކިލޯވޮޓްގެ މުޅިން އާ ޖެނެރޭޓަރެއް މިހާރު އެ އެރަށަށް ގެންގޮސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ފެނަކަ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ