އެޗްޑީސީގެ ނަމުގައި މަކަރުން ފައިސާ ހޯދާ ބަޔަކު ހޯދަނީ

މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފި އެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެމީހުންނަކީ އެޗްޑީސީގެ ނަމުގައި ގުޅައިގެން އޮޅުވާލައިގެން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދާފައިވާ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަން ބޭނުންވެ، ފުލުހުން މިހާތަނަށް ކުރި މަސައްކަތުން ކާކުކަން ދެނެގަނެވިފައިނުވާތީ ނުހޯދިފައިވާ މީހުން ކަމަށެވެ.
ވީޑިއޯއިން ފެންނަ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އެޗްޑީސީގެ ނަމުގައި މީހުންނަށް ގުޅައިގެން މަކަރުން ފައިސާ ހޯދަމުންދާތީ އެކަމަށް ސަމާލުވާން އެ ކުންފުނިން ދާދިފަހުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ