ރާއްޖޭގެ މިނިވަންކަން ވަނީ ރަހުނުކޮށްފައި: މެމްބަރު އަލީ ހުސެއިން

މި ސަރުކާރުން ބޭރުގެ ގައުމުތަކުން ލޯނު ނަގަނީ ދިވެހިރާއްޖޭ ރަހުނުކޮށްފައިކަމަށް ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.އަލީ ހުސެއިން މިހެން ވިދާޅުވީ ބަޖެޓް ސަޕޯޓުގެ ގޮތުގައި އިންޑިއާ އިން ރާއްޖެ އަށް 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވަމުންނެވެ.އަލީ ވިދާޅުވީ މިއީ ވަށާ ޖެހޭ ދަރަނީގެ ދުނިޔެ ކަމަށާއި ދަރަނި ދައްކަން ވެސް ނަގަނީ ދަރަނި ކަމަށެވެ. އަދި އެ ދެރަނި ދައްކަން ޓީ ބީލް އަދި ޓީ ބިލަށް ފައިސާ ދައްކަން އަނެއްކާވެސް ނަގަނީ ދަރަނި ކަމަށް އަލީ ވިދާޅުވި އެވެ."ވަށާ ޖެހޭ ދަރަނީގެ ދުނިޔެ. ދަރަނި ދައްކަން ދަރަނި. އެ ދަރަނި ދައްކަން ޓީ ބިލް. ޓީ ބިލަށް ފައިސާ ދައްކަން ދަރަނި. ރަހުނު ކޮށްފައި އޮތީ ދިވެހި ރާއްޖޭގެ މިނިވަންކަން" އަލީ ވިދާޅުވި އެވެ.ސަރުކާރުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު މިއަހަރު ނިމޭއިރު ދައުލަތުގެ ޖުމްލަ ދަރަނި 105.7 ބިލިއަނަށް އަރާނެއެވެ. އެއީ ސީދާ ދަރަނީގެ ގޮތުގައި 93.3 ބިލިއަން ރުފިޔާ އަދި ދައުލަތުން ގެރެންޓީ ދީފައިވާ ދަރަނީގެ ގޮތުގައި 12.4 ބިލިއަން ރުފިޔާއެވެ. ދައުލަތުގެ ޖުމްލަ ދަރަނިން 57.9 ބިލިއަނަކީ އެތެރޭގެ ދަރަންޏެވެ. އަދި 35.4 ބިލިއަނަކީ ބޭރުގެ ދަރަންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ