ސަރުކާރުން އިސްކަންދެނީ އިއްތިހާދު ހިފަހައްޓަން: ރައީސް ނަޝީދު

ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކޯލިޝަން ހިފަހައްޓަންކަމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ގއ. އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތޔރުފުޅުގެ ތެރެއިން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަންދެނީ އިއްތިހާދެއް ހިފެހެއްޓުމަށްކަމަށާއި އިއްތިހާދެއް ހިފެހެއްޓުމަށް ބޭނުންވާ ފޯމިއުލާ އެނގިވަޑައިގަންނަވާކަމަށް ރައީސް އިބްރާހިމް ދައްކަވާ ވާހަކަތަކަކީ ރިވެތި ސިޔާސީ މަސައްކަތުގައި ހިމެނޭ ކަންތައްތަކެއް ނޫންކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ވިޔަފާރީގެ އުސޫލުން އެވެނި މިވެނި އެއްޗެއް ސިޔާސީ ލީޑަރަކަށް ދެއްވާފައި ދައުލަތުގެ ކޮންމެވެސް މުއްސަނދިކަމެއް އެ ސިޔާސީ ލީޑަރަކަށް ދެއްވާފައި އޭގެ ބަދަލުގައި އެ ލީޑަރުގެ ޕާޓީގެ ތާއީދު ހޯދާ ވިސްނުން އެއީ އެންމެ ރަނގަޅު ވިސްނުން ނޫންކަމަށެވެ.
"އޭގެ ބަދަލުގައި އެ ލީޑަރުގެ ޕާޓީ އަޅުގަނޑުމެންނަށް ތާއީދުކުރާ ވިސްނުމެއް އޮތީމައި މި ދެއްވެނީ ކޮންމެސް ރަށެއްގެ ގޮނޑު ދޮށުން ބައެއް، ނުވަތަ ކޮންމެސް އަތޮޅެއްގެ ރަށެއް ނުވަތަ އެނޫންވެސް ރައްޔިތުންގެ އިހްތިޞާސްގައި ހިމެނޭ ގުދުރަތީ ވަސީލަތެއް ނުވަތަ ތަނަވަސްކަމެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިފަދައިން ރަށްރަށުގެ އިހްތިޞާސުން ބައެއް ބީވެ ދިޔައީމާ ރަށްރަށުގެ ތަރައްގީއަށް އިންތިހާއަށް ހުރަސްއެޅިފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ