ހިޔާ ޓަވަރަށް ހޮނުއަޅާ ބްރޭކްރުތައް ވެއްޓި ކަރަންޓް ކެނޑިއްޖެ

ހުޅުމާލެ ފޭސް 2 ގައި ހަދާފައި ހުރި ހިޔާ ޓަވަރުތަކުން ޓަވަރަކަށް ހޮވު އެޅުމުގެ ސަބަބުން ވަގުތުކޮޅަކަށް ހުރިހާ ޓަވަރަކުން ކަރަންޓް ކެނޑިއްޖެއެވެ.
ޓަވަރަށް ހޮނުއަޅާތަން ފެންނަ ވީޑިއޯއެއް އާންމު ވެފައި ވާ އިރު، ހިޔާ ޓަވަރުތަކުގެ ތެރެއިން ޓަވަރެއްގެ މައްޗަށް ހޮނު ދަނޑި ފައިބާތަން ފެނެއެވެ. އެއާއެކު ހުރިހާ ޓަވަރަކުން ކަރަންޓް ގޮސް އަނދިރި ވި ކަމަށް ހިޔާ ފްލެޓުގައި އުޅޭ ބައެއް ފަރާތްތަކުން "ދަ ޕްރެސް" އަށް ވަނީ މައުލޫމާތު ދީފައެވެ.
ހިޔާ ޓަވަރުތަކަކީ 25 ބުރިއަށް ދިމާ ހާއަށް ހުންނަ ޓަވަރުތަކެކެވެ. މި ކޮންމެ ޓަވަރެއްގައި ހޮނު ދަނޑި ޖަހާފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ. ހޮނު ދަނޑި ޖަހާފައި ހުންނަ އިމާރާތްތަކަށް އާންމުކޮށް ހޮނެއް ނާޅައެވެ. ހޕނު ދަނޑީގެ ސަބަބުން ވިދުވަރު މަޑުކޮށްދެއެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަދި ހިފާގެންގުޅޭ އެއްޗަކަށް ކަމެއް ވީ ކަމުގެ މައުލޫމާތެއް ނުލިބެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ