ބްރޯޑްކޮމްގެ މެމްބަރު ކަމަށް ހުޅުވާލައިފި، މުސާރައަށް 40،000 ރުފިޔާ!

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް)ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބްރޯޑްކޮމްގެ މެމްބަރުކަމުގެ މަގާމެއް ހުސްވީ އެ ކޮމިޝަންގެ ނައިބު ރައީސްކަމުގެ މަގާމުގައި މީގެ ކުރިން ހުންނެވި އަހުމަދު ގައިސް މިދިޔަ އާދީއްތަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕޭނަށް ހުސްވުމަށެވެ.
ބްރޯޑްކޮމްގެ މެންބަރު ކަމަށް މެންބަރުން އައްޔަން ކުރާނީ ރައީސެވެ. ނަމަވެސް އެ ކަމަށް ކުރިމަތިލާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންގެ ނަން ރައީސް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިގެން ފާސްކުރަންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ