ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް އަމްޖަދު މުސްތޮފާ އައްޔަންކޮށްފި
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމަށް، މީގެ ކުރިން ވެސް އެ މަގާމު އަދާކުރެއްވި އަދި އެންމެ ފަހުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމުން އިސްތިއުފާ ދެއްވި އަމްޖަދު މުސްތަފާ މިއަދު އައްޔަންކުރައްވައިފި އެވެ.ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. އަދި ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ހަމީދެވެ.އަމްޖަދު ވަނީ ޖުޑީޝަރީގެ އިދާރީ އިސް މަގާމު، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ އޭޕްރީލް މަހު އެވެ.މީގެ ކުރިން 2020 ވަނަ އަހަރު ވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރެއްވި އަމްޖަދު ވަނީ ޝަރީއާ އިން ލޯ އިން ބެޗްލާސް ޑިގްރީ އަދި މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލްކުރައްވާފަ އެވެ.ގާނޫނީ ދާއިރާއިންނާއި އާންމު ހިންގުމުގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެންފައިވާ އަމްޖަދު ވަނީ މިނިމަމް ވޭޖު އެޑްވައިޒަރީ ބޯޑުގެ މެންބަރުކަން ވެސް ކުރައްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ