ބައެއް ގައުމުތަކުގެ މީހުން އެމެރިކާ އަށް ވަނުން މަނާކުރަން ޓްރަމްޕް ނެރުއްވި އަމުރު ކޯޓުން ހުއްޓުވައިފި

ވޮޝިންޓަން (ފެބްރުއަރީ 4) - މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާ ކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ވޮޝިންޓަނުގެ ކޯޓަކުން ހުއްޓުވައިފި އެވެ.
ސިއޭޓްލްގެ ފަނޑިޔާރު ޖޭމްސް ރޮބާޓް ވަނީ ޓްރަމްޕުގެ އަމުރާ ދެކޮޅު ހެދުމުގެ ބާރު އެމެރިކާގެ ސްޓޭޓްތަކަށް ނެތް ކަމަށް ސަަރުކާރުގެ ވަކީލުން ބުނާ ބުނުމާ ދެކޮޅަށް އަމުރު ނެރުއްވައިފަ އެވެ. މިދިޔަ ހަފުތާގައި ޓްރަމްޕް ނެރުއްވި އަމުރާ ދެކޮޅަށް އެމެރިކާގެ އެކި ހިސާބުތަކުން މިހާރު ވެސް ދަނީ މުޒާހަރާ ކުރަމުންނެވެ. ސްޓޭޓް ޑިޕާޓްމަންޓުން ބުނީ ޓްރަމްޕް އަމުރު ނެރުއްވި ފަހުން 60،000 މީހުންގެ ވިސާ ކެންސަލްކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ