މެމްބަރު އިމްތިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ބަލަނީ

ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) އަށް މަރުގެ އިންޒާރު ދިން މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިމްތިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލަ ރޭގެ ވަގުތެއްގައި ހުށަހެޅުމާ އެކު ފުލުހުން އެކަން ބަލަމުން އަންނަ ކަމަށެވެ.
ޓުވިޓާ މެދުވެރިކޮށް އިންތި ވިދާޅުވީ އޭނާ އަށް މަރުގެ އިންޒާރު ދިނީ ވައިބަ މެސެޖަކުން ކަމަށެވެ. އެ މެސެޖުގައި އޮތީ، "ކަލޭ ވަޅި ހަރައި މަރާލާނަން" ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
އޭނާ ވަނީ، އެ މެސެޖު ފޮނުވި ނަމްބަރު ވެސް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.
"Kaley valhi haraa maraanan" kamah bune +960 9806306 viber numberun alhugaduge phone ah reyga fonuvi SMSeh. @MNDF_Official @PoliceMv @hrcmv pic.twitter.com/tNrr7cAbKM— Imthiyaz Fahmy (@Imthiyazfahmy) February 24, 2017
ވައިބަ މެދުވެރިކޮށް އިމްތިޔާޒަށް މަރުގެ އިންޒާރު ދީ ފޮނުވި މެސެޖު އޭނާ ސޯޝަލް މީޑިއާގައި އާއްމުކޮށްފައި.އެ އިންޒާރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ގިނަ މެމްބަރުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އޭނާ އަށް ދިން އިންޒާރަކީ އާދައިގެ ކަމެއްގެ ގޮތަށް ނުނަގައި ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދޭން މެމްބަރުން ވަނީ ގޮވާލައްވައިފަ އެވެ.
I call @PoliceMv to investigate death threat on MP @Imthiyazfahmy !With the assistance of service providers police should catch the culprit! https://t.co/MDu3iWvaNT— Abdulla Riyaz MP (@riyazabdulla) February 24, 2017
އިންތި އަށް އިންޒާރު ދިން މައްސަލަ ބަލަން ގޮވާލައްވައި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ކުރެއްވި ޓުވީޓެއް.ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސެކިއުރިޓީ ބަލަހައްޓަނީ މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް އިންނެވެ. އެނގިފައިވާ ގޮތުގައި، ސެކިއުރިޓީ ދެމުން އަންނަނީ، އެކަމަށް އެދޭ މެމްބަރުންނަށެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންތަކާއި ނޫސްވެރިންނަށް ވެސް ފުލުފުލުގައި މަރުގެ އިންޒާރުތަކެއް ފޮނުވި އެވެ. އެ މައްސަލަ ފުލުހުން ތަހުގީގުކުރި ނަމަވެސް އެއީ ކޮން ބަޔަކު ކުރި ކަމެއް ކަން ހާމަކޮށްފައެއް ނުވެ އެވެ.
އިންތިއަކީ އެމްޑީޕީ މެމްބަރުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ އެއް ބޭފުޅެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ