ގަމު ދާއިރާގެ އެމްޑީޕީ މެމްބަރު ފައްޔާޒް އިސްމާއީލް ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ގޮނޑި ހިސޯރު ކުރައްވައިފި އެވެ.
އެމްޑީޕީގެ މެމްބަރުން ވިދާޅުވީ ފައްޔާޒް މަޖިލިސް ގޮނޑި ހިސޯރު ކުރެއްވީ ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ހުށަހެޅުއްވުމުން އެ އިސްލާހު ބަލައިނުގަތުމުން ކަމަށެވެ.
އެ އިސްލާހު ބަލައިނުގަތް ސަބަބެއް ރިޔާސަތުން އަންގާފައިނުވާ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.
އެހެންވެ އެމްޑީޕީ މެމްބަރުން ދަނީ މަޖިލީހުގައި އިހްތިޖާޖް ކުރައްވަމުންނެވެ. ނަމަވެސް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ކޮމެޓީ ރިޕޯޓަށް ދަނީ ބަހުސް ކުރައްވަމުންނެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު، ޖަލްސާ ކުރިއަށް ގެންދަވަނީ ވަޒީރުން ތިއްބަވާ ތަނުން ގޮނޑިއެއްގައި އިންނަވައިގެންނެވެ.
Majlis jalsa #happeningnow. Maseeh gondin beyruvefa. pic.twitter.com/jeOTjMlG5p— MP Rozaina Adam (@Roxeyna) March 1, 2017
ޖަލްސާގައި ފައްޔާޒު ރައީސްގެ ގޮނޑީގައިއިތުރު ތަފްސީލް އަންނަނީ..
މަޖިލީހުގެ ރައީސްގެ ގޮނޑި މެމްބަރު ފައްޔާޒް ހިސޯރު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ