މޫސުން ގޯސްވެ، ފްލައިމީގެ ފްލައިޓެއް އެނބުރި މާލެއަށް

މޫސުން ގޯސްވުމުގެ ސަބަބުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މާމިގިއްޔަށް ދަތުރުކުރި ފްލައިޓް މާމިގިއްޔަށް ޖައްސަން ކުރި މަސައްކަތް ނާކާމިޔާބުވުމުން އެނބުރި މާލެ އަންނަން ދަތުރު ފަށައިފިއެވެ.
ފްލައިމީގެ ފްލައިޓް ފުރާފައިވަނީ މީގެ ދޮޅު ގަޑިއިރު ކުރިންނެވެ.
ގަދަ ވަޔާއެކު ބޯކޮށް ވާރޭ ވެހުނު ނަމަވެސް، އެފްލައިޓް މާމިގިއްޔަށް ޖެއްސުމަށް ޕައިލެޓުން ވަރަށް މަސައްކަތް ކޮށްފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން، ފްލައިޓް އެނބުރި މާލެ އައުމުގެ މަސައްކަތް ފަށާފައިވަނީ ތިން ފަހަރެއްގެ މަތިން ފްލައިޓް އެއާޕޯޓަށް ޖައްސަން މަސައްކަތް ކުރުމަށް ފަހުއެވެ.
އެންމެ ފަހުން 21:00 ކަންހާއިރުވެސް ފްލައިޓް މާމިގިލީ އެއާޕޯޓަށް ޖެއްސުމަށް މަސައްކަތްކުރި ނަމަވެސް، އެފަހަރުވެސް އެއާޕޯޓަށް ޖެއްސޭ ގޮތް ނުވުމުން މިހާރު އެފްލައިޓް އަންނަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދަތުރުކުރަމުންނެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް ބައެއް ފްލައިޓްތައް ނުޖެއްސި ޑައިވާޓް ކޮށްފައިވެއެވެ.
މިއަދާއި މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ މީގެ ކުޑަ ވަގުތުކޮޅެއް ކުރިން މުޅިރާއްޖެއަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ