ސިމާދު މަރުވީ ކަރަންޓް ދަންތުރައެއްގައި ޖެހިގެން؟!

ގއ. ވިލިގިލީގައި މަރުވެފައި އޮއްވާ ފެނުން ހުސައިން ސިމާދު މަރުވެފައިވަނީ ވަގުން ހިފުމަށް ތައްޔާރު ކޮށްފައިވާ ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް އެރަށުގެ ބައެއް މީހުން ބުނެފި އެވެ،
އެ ދަންތުރައަކީ އޭނާ މަރުވެފައި އޮއްވާ ފެނުނު ވަޑާންކުރާ ގެއިން އާންމު ގޮތެއްގައި ވައްކަން ކުރާތީ ވަގުން ހިފުމަށް ޖަހާފައިވާ ކަރަންޓް ދަންތުރައެއް ކަމަށް ވިލިނިގިލިން މައުލޫމާތު ދިން ބައެއް މީހުން ބުނެ އެެވެ.
މި މައްސަލާގައި ވަޑާންކުރާގެ ބަލަހައްޓާ މީހާ ހައްޔަރުކުރި ކަމަށާއި ނަމަވެސް މިހާރު އެމީހާ ދޫކޮށްލާފައި ކަމަށްވެސް މައުލޫމާތު ދިން މީހުން ވަނީ ބުނެފަ އެވެ.
ސިމާދު މަރުވުމުގެ ކުރިން ސިމާދުއަށް މަރުގެ އިންޒާރު ވެސް ދީފައިވާ ކަމަށް ރަށުގެ ތެރޭގައި ބައެއް ކިޔާ ކަމަށްވެސް މައުލޫމާތު ދިން މީހުން ބުނެ އެވެ.
38 އަހަރުގެ ސިމާދުއަކީ ވިލިނގިލި މީހަކާ ކައިވެނިކޮށްގެން އެރަށުގައި ދިރިއުޅެމުންދާ އައްޑޫއަށް ނިސްބަތްވާ މީހެކެވެ.
މިމައްސަލައާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނީ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށާއި ނަމަވެސް އެއީ ތޫނު އެއްޗަކުން ހަމަލާދިނުމުން ލިބިފައިވާ ޒަހަމްތަކެއް ކަމަށް ނުބެލެވޭ ކަމަށެވެ.
ސިމާދުގެ ހަށިގަނޑު އައްޑޫއަށް ގެންދިއުމަށް ސިމާދުގެ އާއިލާ އިން އެދިފައިވާ ކަމަށްވެސް ފުލުހުން ވަނީ މައުލޫމާތު ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ