ގުރައިދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފިއެވެ.
ކ. ގުރައިދޫގައި ބޭއްވި މި ޖަލްސާއަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އަރިހުގައި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ރައިީސް އޮފީހުގެ މިނިސްޓަރ އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ބައިވެރިވެވަޑައިގެންނެވިއެވެ.
އަންނަ މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓުންގެ ކެންޕެއިން ބައެއް ދަތުރުފުޅުތަކުގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ގުރައިދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ބޭއްވި ރައީސުލްޖުމްހޫރިއްޔާ ކުރައްވާ ދަތުރުފުޅުގެ ހުރިހާ ހަރަދެއް ކުރަނީ އެމްޑީޕީން ކަމަށެވެ.
މިހަފްތާ ބަންދުގައި އައްޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެމްޕެއިން ޖަލްސާގައި ވެސް ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ގުރައިދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އާދިލް ސަލީމްގެ ކެމްޕެއިން ޖަލްސާގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ