ޝުޖޫން އާއި އަޒްމިރަލްދާ ސުޕްރީމް ކޯޓަށް އައްޔަން ކުރަން ޖޭއެސްސީން ލަފާދީފި
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައިޝާ ޝުޖޫން މުހައްމަދު އާއި ޑރ. އަޒްމިރަލްދާ ޒާހިރު އައްޔަން ކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު މުހައްމަދު ސޯލިހަށް ލަފާދީފިއެވެ. ޖޭއެސްސީން އެގޮތަށް ލަފާދޭން ނިންމީ މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އެގޮތަށް ފާސްކުރުމަށްފަހުއެވެ. ޖޭއެސްސީން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލެއްވި ހުރިހޭ ބޭފުޅުންނާ އިންޓަވިއުކޮށްފައެވެ. އަދި އެ ކޮމިޓީގެ ރިޕޯޓުގައި ލަފާދެއްވާފައި ވަނީ އައިޝާ ޝުޖޫން މުހައްމަދާއި ޑރ. އަޒްމިރާލްދާ ޒާހިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށެވެ. އައިޝާ ޝުޖޫން މުހައްމަދަކީ ސިވިލް ކޯޓުގެ ގާޒީކަން ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ޑރ. އަޒްމިރަލްދާ ޒާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރާތީ ބައެއް ދީނީ އިލްމުވެރިން ވަނީ ކަންބޮޑުވުންފާޅު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ