ކަރަންޓު މައްސަލަ ހައްލުކުރަން ބޭނުންވާ ގިނަ ސާމާނު ރަށްރަށަށް ފޮނުވައިފި

ރާއްޖޭގެ ބައެއް ރަށްރަށުގައި ކަރަންޓުގެ މައްސަލަ ބޮޑުވެފައި ވާތީ ކަރަންޓުގެ ފެންވަރު ރަނގަޅުކޮށް މައްސަލަ ހައްލުކުރުމަށް މިމަހުގެ ތެރޭގައި ގިނަ އަދަދެއްގެ ސާމާނު އެކި ރަށްރަށަށް ފޮނުވި ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
ރަށްރަށަށް ދިމާވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މިމަހުގެ ތެރޭގައި 39 ޖެންސެޓް އަަދި 15 ސިންކް ޕެނަލްގެ އިތުރުން 9000 މީޓަރުގެ ކޭބަލް ފޮނުވި ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
ފެނަކައިން ބުނީ އެތަކެތި ބޭނުންކޮށްގެން ބައެއް ރަށްރަށުގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށާއި އޭގެ ތެރެއިން ގިނަ މަސައްކަތްތައް މިހާރު ނިމިފައިވާ ކަމަށެވެ. Mimahu rahrashu karantuge fenvaru rangalhkoh massalathah hallu kurumah 39 Genset 15 Sync Panel 9000 metre ge Cable eki rah rashah fonuvaafaivaairu, gina masakkaiythakeh vanee nimmaafa @myfoona @MaaduMr @EnvGovMv @EnergyGovMv @psmnewsmv @raajjemv @Mihaarunews @addulive @vaavu pic.twitter.com/7QbiY6F9h1— Fenaka Corporation Ltd (@TeamFenaka) May 27, 2019
ރާއްޖޭގެ ރަށްރަށަށް ކަރަންޓުގެ ގިނަ މައްސަލަތަކެއް ދިމާވާއިރު، އެ ހުރިހާ ކަމެއްގައި ވެސް މަސައްކަތް ކުރަނީ ފެނަކަ ކޯޕަރޭޝަނުންނެވެ.
އެކަމަކު ފެނަކައިން ބައެއް ރަށްރަށުގައި ކަރަންޓުގެ މައްސަލަ ހައްލުކުރަން ކުރާ މަސައްކަތަށް ބައެއް ފަރާތްތަކުން ހުރަސް އަޅަމުންދާ ކަމަށް އެ ކުންފުނިން މިދިޔަ ހަފްތާގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ