ދަނގެތީ ދާއިރާގެ މަޖިލިސް ގޮނޑިއަށް ދެބެއިން!

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަކީ އަބަދު ވެސް ވަރަށް ފޯރި ގަދަ އަދި ވާދަވެރި އިންތިހާބެކެވެ. ފޯރިގަދަކަމާއި ވާދަ ވެރިކަމުގެ ތެރެއިން މިފަހަރުގެ އިންތިހާބުން ވެސް ކެންޑިޑޭޓުންގެ މެދުގައި ވާދަވެރިކަން އާއިލާތަކުގެ ތެރޭގައި ވެސް ބޮޑުވެ އެވެ. އެއް އާއިލާއަކުން އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކެއް ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި އެއް އާއިލާއަކުން އެއް ދާއިރާއަކަށް ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް މިފަހަރުގެ އިންތިހާބުގައި ވާދަ ކުރުމަށް ވަނީ ފޯމު ހުށަހަޅައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އދ. ދަނގެތި ދާއިރާގެ ގޮނޑިއަށް ވާދަކުރެއްވުމަށް އެއްބަނޑު އެއްބަފާ ދެބެއިން ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. އެއީ އދ. ދަނގެތި ކާމިނީގޭ މައުމޫން އަބްދުއްސަމަދާއި އޭނާގެ ކޮއްކޮ، ހަމަ އެގޭ އަބްދުލްހަމީދު އަބްދުއްސަމަދެވެ. ދެބެއިން ވެސް ވާދަކުރަނީ އަމިއްލަ ގޮތުންނެވެ. މައުމޫނު އަބްދުއްސަމަދަކީ ޕީޕީއެމްގައި ގިނަ ދުވަސްތަކެއް އުޅުއްވި ބޭފުޅެކެވެ. އެންސްޕާގެ ސީއީއޯކަން ވެސް ކުރައްވާފައި މައުމޫނަށް އެންމެ ފުރަތަމަ ދަނގެތީ ދާއިރާއަށް ވާދަކުރެއްވުމަށް ޓިކެޓް ދިނީ ޕީޕީއެމުންނެވެ. ނަމަވެސް އެ ޓިކެޓް ފަހުން އަތުލާފައިވާކަން "ސަން"އަށް ވަނީ އެނގިފަ އެވެ. އެއާ އެކު އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަކުރައްވަން ނިންމެވީ އެވެ. މައުމޫނު "ސަން"އަށް ވިދާޅުވީ އޭނާ މަޖިލީހަށް ވާދަކުރަނީ އަމިއްލަ ގޮތުން ކަމަށެވެ. އަދި ކޮއްކޮ، ހަމީދު މަޖިލީހަށް ވާދަކުރަން ހުށަހެޅުއްވިކަން އެނގިވަޑައިނުގަންނަވާ ކަމަށް މައުމޫނު ވިދާޅުވި އެވެ. ދެބެއިން ގުޅުން އޮވޭތޯ ސުވާލުކުރުމުން މައުމޫނު ވިދާޅުވީ އެއީ އެއްބަނޑު އެއްބަފާ ދެބެއިން ކަމަށާއި ގުޅުން އޮންނަ ކަމަށެވެ. މައުމޫނު އަބްދުއްސަމަދުގެ ކޮއްކޮ އަބްދުލްހަމީދު އަބްދުއްސަމަދަކީ ކުރިން ޕީޕީއެމްގައި އުޅުއްވުމަށް ފަހު ޖުމްހޫރީ ޕާޓީއަށް ބަދަލުވި ބޭފުޅެކެވެ. ޖުމްހޫރީ ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން އުޅުއްވި އެވެ. ނަމަވެސް އިންތިހާބުގައި ވާދަކުރައްވަނީ އަމިއްލަ ގޮތުންނެވެ. އަބްދުލްހަމީދު ސަން އަށް ވިދާޅުވީ އޭނާ އާއި އޭނާގެ ބޭބެއަކީ އަބަދު ވެސް ވަރަށް ހިޔާލު ތަފާތު ދެ ބޭފުޅުން ކަމަށެވެ. އަދި މިދިޔަ ރިޔާސީ އިންތިހާބުގައި މައުމޫން ޕީޕީއެމްގެ ކެންޑިޑޭޓް ހޮވަން ރަށުގައި ޖަގަހަ ހަދައިގެން މަސައްކަތް ކުރެއްވި އިރު، އޭނާ މަސައްކަތް ކުރެއްވީ އަނެއް ޖަގަހަ ހައްދަވައިގެން ކޯލިޝަން ކެންޑިޑޭޓް ހޮވުމަށް ކަމަށެވެ. ހަމީދު ގަބޫލު ކުރައްވާ ގޮތުގައި މައުމޫން އިންތިހާބުގައި ވާދަ ކުރައްވަނީ ވެސް އެ ހިޔާލު ތަފާތުވުމުގެ ތެރެއިންނެވެ. ހަމީދު ވިދާޅުވި ގޮތުގައި ލޭގެ ގުޅުން ފިޔަވައި ދެބެންގެ އިތުރު ގުޅުމެއް ނެތެވެ. ވަކިވަކި ދާއިރާތަކަށް ދެބެއިން މިފަހަރު ވެސް މަޖިލީހުގެ އެކި ދާއިރާތަކަށް، އެއް އާއިލާއަކަށް ނިސްބަތްވާ އެ ނޫނަސް ދެބެއިން ވާދަކުރާ ދާއިރާތައް އެބަހުއްޓެވެ. ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު މއ. ކިނބިގަސްދޮށުގޭ އަހްމަދު ފާރިސް މައުމޫން (ރައީސް މައުމޫނުގެ ތައީދާ އެކު) އަމިއްލަ ގޮތުން މައްޗަންގޯޅި އުތުރަށް. ކޮއްކޯފުޅު މުހައްމަދު ގައްސާން މައުމޫން ޕީޕީއެމް ޓިކެޓުގައި ތ. ގުރައިދޫ ދާއިރާއަށް. ރައްޔިތުންގެ މަޖިލީހަށް ވާއްދަ ކުރައްވާ ދެބެއިން: އަހުމަދު ފާރިސް މައުމޫނު މައްޗަންގޮޅި އުތުރު ދާއިރާއަށް މުހައްމަދު ޣައްސާން މައުމޫނު ގުރައިދޫ ދާއިރާއަށް -- މާފަންނު ހުޅަނގު ދާއިރާގެ މިހާރުގެ މެމްބަރު މ. ކުޑަވެޔޮމަތީގޭ މުހައްމަދު ފަލާހު، އެމްޑީޕީގެ ޓިކެޓުގައި ދެވަނަ ދައުރަކަށް މާފަންނު ހުޅަނގަށް. ކޮއްކޮ އިބްރާހިމް ފަލާހު އެމްޑީޕީގެ ޓިކެޓުގައި ލ. މާވަށު ދާއިރާއަށް. މއ. އެވަގްލޯރީ އަހްމަދު އާރިފް (އާއްޓޭ) އެމްޑީޕީ ޓިކެޓުގައި ބ. އޭދަފުށީ ދާއިރާއަށް. ބޭބެ އަބްދުﷲ އާރިފް، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) ޓިކެޓުގައި ވ. ފެލިދޫ ދާއިރާއަށް. ދ. މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދު އެ ދާއިރާއަށް ވާދަ ކުރައްވާ އިރު، ކޮއްކޯފުޅު ހުސައިން ސާލިމް މުހައްމަދު އެމްޑީއޭ ޓިކެޓުގައި ނ. ހޮޅުދޫ ދާއިރާއަށް. މާފަންނު އުތުރު ދާއިރާގެ މެމްބަރު މ. އަފްޒާ އިމްތިޔާޒް ފަހުމީ އެމްޑީޕީގެ ޓިކެޓުގައި އެ ދާއިރާއަށް ތިންވަނަ ދައުރަކަށް. ކޮއްކޯފުޅު އަދި މާވަށު ދާއިރާގެ މެމްބަރު އަހްމަދު އަޒްހާން ފަހުމީ، ދެވަނަ ދައުރަކަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ހަމަ އެ ދާއިރާއަށް. މާފަންނު އުތުރު ދާއިރާއަށް އިމްތިޔާޒު ފަހުމީ، މާވަށު ދާއިރާއަށް އަޒްހާން ފަހުމީ -- މާފަންނު ދެކުނު ދާއިރާގެ މެމްބަރު މ. ވޭވިންގްލައިޓް އަބްދުﷲ ރިފާއު (ބޮޗޭ) ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް އެ ދާއިރާއަށް. ކޮއްކޮ އަދި އެމްޑީއޭގެ ޑެޕިއުޓީ ލީޑަރު ޑރ. އާއިޝަތު ރަފިއްޔާ، އެމްޑީއޭގެ ޓިކެޓުގައި މާފަންނު ހުޅަނގު ދާއިރާއަށް. ކާނަލް މުހައްމަދު ނަޝީދު ހ. ފޮއްދޫގެ ޑިއާރުޕީއިން ކާށިދޫ ދާއިރާއަށް ވާދަކުރާ އިރު ހަމަ އެގެއިން އަހުމަދު ޝާން މައްޗަންގޯޅި މެދު ދާއިރާއަށް ޑީއާރުޕީ ޓިކެޓްގައި ވާދަކުރުމަށް ވަނީ ފޯމު ހުށަހަޅާފައި މާޗު އަބްދުﷲ ރިފާއު މާފަންނު ދެކުނު ދާއިރާއަށް، ކޮއްކޮ އައިޝަތު ރަފިއްޔާ މާފަންނު ހުޅަނގު ދާއިރާއަށް -- ހ. ތިމާވެށި އަބްދުﷲ ޖާބިރު އަމިއްލަ ގޮތުން ކާށިދޫ ދާއިރާއަށް ވާދަކުރައްވާއިރު، ޖާބިރުގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އިބްރާހިމް ޝިހާމް ހ. ތިމާވެށި، އަމިއްލަ ގޮތުން އިސްދޫ އާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހެޅުއްވި ދެބަފައިން މަޖިލީހަށް އަބްދުއްރަހީމް އަބްދުﷲ ފޮނަދޫ ދާއިރާއަށް، ދަރިކަލުން ފައިސަލް އިބްރާހިމް ހުޅުމާލެ ދާއިރާއަށް -- އާއިލީ ގުޅުން އޮންނަ މީހުންގެ ތެރެއިން ދެބަފައިން ވެސް މަޖިލިސް އިންތިހާބުގައި މިފަހަރު އެބަ ވާދަކުރެ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ހަމަ އެދާއިރާއަށް ވާދަކުރެއްވުމަށް ފޯމު ހުށަހަޅުއްވައިފަ އެވެ. އަބްދުއްރަހީމްގެ ފިރިހެން ދަރިފުޅު ވެސް މަޖިލިސް އިންތިހާބުގައި ވާދަކުރައްވަ އެވެ. އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް ވާދަ ކުރައްވަނީ ހުޅުމާލެ ދާއިރާއަށެވެ. ދެބަފައިން ވެސް ވާދަ ކުރައްވަނީ އަބްދުއްރަހީމް ރައީސްކަން ކުރައްވާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިންނެވެ. މަޖިލީހަށް ވާދަކުރައްވާ ދެމަފިރިން ރައްޔިތުންގެ މަޖިލީހަށް ވާދަކުރާ ދެމަފިރިން ވެސް އެބަތިއްބެވެ. އެގޮތުން އެމްޑީޕީގެ ޓިކެޓްގައި މަޖިލީހުގެ ތުޅާދޫ ދާއިރާއަށް ގާނޫނީ ވަކީލު ހިސާން ހުސައިން ވާދަކުރައްވާ އިރު، ހިސާންގެ ފިރިކަލުން އެމްޑީޕީގެ ޓިކެޓްގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވަން ވަނީ ފޯމު ހުށަހަޅުއްވައިފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ރޮޒައިނާ އާދަމް މަޖިލިސް އިންތިހާބުގައި މިފަހަރު ވެސް ހަމަ އެ ދާއިރާއަށް އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވަން ފޯމު ހުށަހަޅުއްވާފައިވާ އިރު ރޮޒައިނާގެ ފިރިކަލުން އަދި އަލިފުށި ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒު ވެސް މަޖިލީހަށް ވާދަ ކުރައްވަ އެވެ. ނާޝިޒް މިފަހަރު ވާދަ ކުރައްވަނީ އެމްޑީޕީ ޓިކެޓްގައި ކިނބިދޫ ދާއިރާއަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ