ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިހުރި ކަރަންޓު ނަރު ރޯލުތަކެއްގެ ވެރިފަރާތް ހޯދަނީ

ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ ވައްކަމުގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިހުރި ކަރަންޓު ނަރު ރޯލުތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ވީމާ މިތަކެތީގެ ވެރިފަރާތެއް ވާނަމަ ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9980062ށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. ނުވަތަ ވެރިފަރާތްކަން ސާބިތުކޮށްދެވޭނެ ލިޔެކިޔުމާއިއެކު ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓަށް ހާޒިރުވެދެއްވުން އެދެމެވެ.
މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވަމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ