މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ފަސް ކުންފުންޏާއެކު އިސްލާމިކް މިނިސްޓްރީން ސޮއި ކޮށްފިއެވެ.
މިއަދު އިސްލާމީ މަރުކަޒުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރު ޝާފިއު އަލީ ވިދާޅުވީ އެ ފަސް ކުންފުންޏާއެކު މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. "މި ހިސާބުން ފެށިގެން އެބޭފުޅުންނަށް ހައްޖަށް ރައްޔިތުން ގެންދިޔުމަށްޓަކައި އެ ކުރަން ޖެހޭ މުއާމަލާތްތައް ކުރުމުގައި މަސައްކަތް ކުރިއަށް ގެންދެވޭ. އޭގެ މާނައަކީ ރައްޔިތުން، ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން، ކޯޓާ ހޯދުމުގައި ކުންފުނިތަކަށް ގޮސް އެއުސޫލާ އެއް ގޮތަށް ކޯޓާ ހޯދުމާއި، ފައިސާ ދެއްކުމާއި އަދި ހައްޖަށް ދިޔުމަށްޓަކައި ވާން ޖެހޭ އެހެނިހެން ތައްޔާރީތައް ވުމުގެ އެންމެހާ ފުރުސަތެއް މިހާރު ހައްޖަށް ގެންދަން ހުއްދަ ލިބިފައިވާ ކުންފުނިތަކަށް މިވަނީ ލިބިފައި،" އޭނާ ވިދާޅުވި އެވެ. ހައްޖު ކޯޕަރޭޝަނުގެ އިތުރުން މިއަހަރު މީހުން ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވާ ފަސް ކުންފުނި:ތަޒްކިޔާ ޕްރައިވެޓް ލިމިޓެޑް - 72550 ރުފިޔާ ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓޭޑް - 70000 ރުފިޔާމިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް- -69965 ރުފިޔާއެކްރޯ ޕްރައިވެޓް ލިމިޓޭޑް - 59965 ރުފިޔާ އަލް ހަރްމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - 69965 ރުފިޔާ
ހައްޖަށް މީހުން ގެންދިއުމަށް ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 1000 ކޯޓާ މިހާރު ދީފައިވާއިރު އިތުރު 1000 ކޯޓާ ވަރަށް އަވަހަށް ލިބޭނެކަމަށް ކުރިން އިސްލާމިކް މިނިސްޓްރީން ބުންޏެވެ. އެގޮތުން މިހާރު ލިބިފައިވާ 1000 ކޯޓާގެ ތެރެއިން ހައްޖު ކޯޕަރެޝަނަށް 550 ކޯޓާ ދީފައިވާއިރު ބާކީ 450 ކޯޓާ ވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަދީފައިވާ ފަސް ކުންފުންޏަށް، ކޮންމެ ކުންފުންޏަކަށް 90 ކޯޓާގެ ރޭޓުން ދީފައެވެ.އިތުރަށް ލިބޭ 1000 ކޯޓާ ހަމަޖެހުމުން އެ ކޯޓާ ވެސް ބަހާނީ މިހާރު ކަނޑައެޅިފައިވާ އުސޫލުގެ ދަށުން ކަމަށާއި އެއްވެސް ކަމެއް ކުރިމަތިވެ ހައްޖަށް މީހުން ގެންދިއުމަށް ކުންފުންޏަކުން އުޒުރުވެރިވެއްޖެނަމަ އެ ކޯޓާ އަނބުރާ ލިބޭނީ ހައްޖު ކޯޕަރޭޝަނަށެވެ.
ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ފަސް ކުންފުންޏާއެކު ސޮއިކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ