ލ. އަތޮޅު ދަނބިދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ އިންޖީނުގައި ރޯވެ ރަށުން ކަރަންޓު ކެނޑިއްޖެއެވެ.
"ވަން" އަށް މައުލޫމާތު ދެއްވަމުން ދަނބިދޫ ކައުންސިލަރ ހުސެއިން ފަޒީލު ވިދާޅުވީ، ފެނަކަ ކޯޕަރޭޝަނުން އެރަށުގައި ހިންގާ އިންޖީނު ގޭގައި ހުރި ދެ އިންޖީނުގައި ރޯވެފައިވަނީ މިރޭ 8:25 ހާއިރު ކަމަށެވެ. އިންޖީނުތަކުގައި ރޯވި ސަބަބެއް އަދި ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
"އިންޖީނު ގޭގައި ޑިއުޓީއަށް ހުރި މީހާ އަށް ފެނުނީ އިންޖީނުގައި ރޯވެފައި ހުއްޓާ. އަލިފާން ރޯވި އެއް އިންޖީނަކީ މިއަދު ފެނަކައިގެ ޓީމެއް އައިސް އޯވަހޯލްކުރި އިންޖީނެއް. އެ ޓީމު ފުރައިގެން ދިޔައީ މިއަދު ހަވީރު" ކައުންސިލަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެރަށު އިންޖީނު ގޭގައި ތިން އިންޖީނު ހުންނަ ކަމަށާއި ނަމަވެސް ރޯވި ދެ އިންޖީނު ފިޔަވައި ދެން ބަހައްޓާފައި ހުންނަ އިންޖީނަކީ ބެކަމް ޖަނަރޭޓަރެއް ކަމަށެވެ.
އަދި އެރަށަކީ އަބަދުވެސް ދެ އިންޖީނު ޖައްސައިގެން ކަރަންޓު ދެމުންދާ ރަށަކަށް ވެފައި މިރޭ ހިނގި ހާދިސާއަށްފަހު ރަށަށް ދެން ކަރަންޓް ލިބޭނެ ދުވަހެއް ވެސް ނޭނގޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ދަނބިދޫއަށް ކަރަންޓު ދޭ އިންޖީނުތަކުގައި ރޯވެ ރަށް ކަނު އަނދިރީގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ