އަސާސީ މައްސަލަތަކަަށް އެންމެ ފުރިހަމަ ހައްލެއް ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީން - މެމްބަރު ޝިޔާމް
އަސާސީ މައްސަލަތަކަަށް އެންމެ ފުރިހަމަ ހައްލެއް ގެނެސްދެއްވި ވެރިއަކީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ރައިީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އަސާސީ ޙިދުމަތްތަކުގެ ތެރެއިން ނަރުދަމާ ނިޒާމުގެ އިންގިލާބެއް ދިވެހި ރާއްޖޭއަށް ގެނެސްދެއްވި ވެރިއެއްގެ ގޮތުގައި ސިފަ ކުރައްވާ ވާހަކަ ދައްކަވަމުން ޅ. ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ ރައީސް ޔާމީން އަކީ ރައްޔިތުންގެ ކަންތައްތައް ކުރައްވަން ވެރިކަމަށް ވަޑައިގަތް ވެރިއެއްކަމަށެވެ.ޝިޔާމް ވިދާޅުވީ ރާއްޖޭގެ 80 އިންސައްތަ ރައްޔިތުންނަށް ނަރުދަމާގެ ޚިދުމަތް މިއަދު ފޯރުކޮށްދެއްވައިފިކަމަށެވެ. ނަރުދަމާގެ މައްސަލައަކީ އިއްޔެ އަދި މިއަދަކު ދިމާވި މައްސަލައެއްނޫންކަމަށްވެސް ޝިޔަމް ވިދާޅުވިއެވެ. 2013 ވަނަ އަހަރު ރައީސް ޔާމީން އަށް ކެމްޕެއިން ކުރައްވަން ރާއްޖޭގެ ރަށްތަކަށް ދިޔުމުން އެމަނިކުފާނު ގާތުގައި ރައްޔިތުން މި ވާހަކަތައް ހިއްސާ ކުރީ ވަރަށް އާދޭހާއި އެކުގައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.އަދި އެ އާދޭހުގެ އަޑު އެންމެ ގާތުން އައްސަވާ ކަމުގެ ޔަގީންކަން މި އަދު މުޅި ދިވެހިރާއްޖެއިން ފެނިގެންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ދިވެހިންގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމާއި އެމަނކުފާނު ކުރިމަތިލެއްވީ ވަރަށް ކެރިގެން އަދި ޔަގީން ކަމާއެކުގައި ކަމަށާއި ކޮންމެ ދުވަހަކީ ރައްޔިތުންނަށްޓަަކައި އެމަނިކުފާނު ކޮންމެވެސް މަސައްކަތްތަކެއް ކުރައްވާ ދުވަހެއްކަމަށެވެ.ދިވެހިން ހެއްވާލަދިން ވެރިއެއްގެ ގޮތުގައި ރައީސް ޔާމީން ސިފަކުރައްވާ މެމްބަރު ޝިޔާމް ވިދާޅުވީ ކުރީގެ ވެރިކަން ކުރެއްވި މުހައްމަދު ނަޝީދުގެ ޒަޢާމަތުގައި ރާއްޖެ އޮތީ އިގްތިސާދީ ގޮތުން ބޮޑު އަނދަވަޅަކަށް ވެއްޓިފައިކަމަށެވެ. އަދި އެ އަނދަވަޅުން ދިވެހިން ސަލާމަތްކޮށް ރާއްޖޭގެ ރައްޔިތުންނަށް އުފާ ފާގަތިކަން ގެނެސްދެއްވާ ފުއްދުންތެރި ބަޔަކަށް ދިވެހިން ހައްދަވައިދެއްވައިފިކަމަށެވެ.ރައީސް ޔާމީން ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު މުޅި ދިވެހި ރާއްޖޭގައި ނަރުދަމާގެ ޚިދުމަތް ލިބިފައި އޮތީ އެންމެ ހަ ރަށުގައި ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ. ނަމަވެސް ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޖުލައި އެއްތިރީސް ވަނަ ދުވަހު ސޮއި ކުރެވުނު 20 ރަށާއެކު ޖުމްލަ 83 ރަށެއްގައި ނަރުދަމާގެ ޚިދުމަތް ލިބިގެންދާނޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ