ހެނބަދޫ ނަރުދަމާ ނިޒާމުގެ ހިދުމަތް ރައީސް އިފްތިތާހު ކުރައްވައިފި

ނ. ހެނބަދޫގައި ޗަމްޕާ ބްރަދާސްގެ ފަރާތުން ގާއިމުކޮށްފައިވާ ނަރުދަމާގެ ނިޒާމު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު އިފްތިތާހުކުރައްވައިފި އެވެ.
ޗަމްޕާ މުހައްމަދު މުސާ (އުއްޗު)ގެ ހަރަދުގައި ގާއިމުކުރި އެ ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ. އަދި އެ މަޝްރޫއު ނިމިފައި ވަނީ މިއަހަރުގެ އޮކްޓޯބަރު މަހުގެ 29 ގައެވެ.
އަލް ޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން އެޅި މި ނަރުދަމާގެ ހިދުމަތަށް ގާތްގަނޑަކަށް 19 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ހެނބަދޫ ކައުންސިލްގެ ރައީސް އާދަމް ސަމީރު ވިދާޅުވީ އެރަށުގެ ފެނުގެ ދަތިކަމަކީ ވަރަށްބޮޑު މައްސަލައެއް ކަމަށެވެ. އަދި ނަރުދަމާގެ މަސައްކަތް ކުރިއަށްގެންގޮސްފައިވަނީ އުއްޗުއަށް އަމިއްލައަށް އިސްނަންގަވައިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ