"އަސްލަކީ އިސްލާމީ އުޞޫލަށް ޕެންޝަން ފައިސާ ބޭނުންކުރާ ބޭންކްތަކުން ޒަކާތް ނެރުމެވެ. ޕެންޝަން ފައިސާއަކީ އެއިގެ ވެރިފަރާތުގެ ބާރުގެދަށުގައި ހުންނަ އެއްޗެއް ނޫން ކަމުން އެއިން ޒަކާތް ނެރޭނީ އަތަށް ލިބުނީމައެވެ. ނުވަތަ އެ ފައިސާ ތިމާގެ ބާރުގެދަށަށް އެ ފައިސާ އައުމުންނެވެ." ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ރާއްޖޭގައި ޕެންޝަން ފައިސާ ބަލަހައްޓަނީ ސަރުކާރުން އެކަމަށް ކަނޑައަޅާފައިވާ އިދާރާ، ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުންނެވެ.
މީހާގެ އަތަށް އަރަނީ ފައިސާ ލިބުމުގެ ޝަރަތު ހަމަވުމުން މަހަކު ޚަރަދުކުރާނެ ކުޑަ ފައިސާ ކޮޅެކެވެ. އެހެންކަމުން ޑރ. އިޔާޟްގެ މި ބަސްފުޅުން އެނގެނީ ޕެންޝަން ފަންޑުގައި ހުންނަ ފައިސާގެ ޒަކާތް ޕެންޝަން އޮފީހުން ދައްކަން ޖެހޭނެ ކަމެވެ. ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އިން ޒަކާތް ދައްކާކަން ބެލުމަށް މިއަދު ކުރި މަސައްކަތުން ވަނީ އެކަން އޮޅުން ފިލާނެ ގޮތެއް ނުވެފައެވެ.
ޕެންޗަން އޮފީހުގެ 2 ބޭފުޅަކަށް ގުޅުމުން ފޯނެއް ނުނަންގަވައެވެ. ކޯލް ސެންޓަރަށް ގުޅުމުން ގުޅާނެ ކަމަށް ބުނާ ރެކޯޑިންގއެއް އަޑު އިވުން ނޫން އިތުރު ކަމެއް ނުވިއެވެ. މީރާއިން ބުނީ ވަކިވަކި ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި ދަތިތަކެއް އެބަހުރި ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މައުލޫމާތު ލިބޭތޯ ކަމާއިބެހޭ ސެކްޝަނުގައި އެދިފައިވާނެ ކަމަށެވެ.
ޕެންޝަން ފަންޑުގައި 6000 މިއަނަނަށްވުރެ ގިނަ ރުފިޔާ ހުރިއިރު އެއީ 6000 މިލިއަން ނުވަތަ 6 ބިލިއަން ކަމަށް ބަލައިގެން ހިސާބު ހަދައިފިނަމަ ޒަކާތަށް އަހަރަކު 150 މިލިއަން ރުފިޔާ ދައްކަން ޖެހޭނެއެވެ. އެހެންކަމަށްވާއިރު މި އަދަދަކީ ޒަކާތަށް މިހާރު ލިބޭ އަދަދުގެ 200 އިންސަތްވަރު އިތުރު އަދަދެކެވެ.
ޕެންޝަން ފަންޑުން ޒަކާތް ދައްކާނަމަ 150 މިލިއަން ރުފިޔާ އިތުރުވާނެ- ޒަކާތް ދައްކަން ޖެހޭނީ ޕެންޝަން ފަންޑުގެ ފައިސާ ހިފަހައްޓާ ބައެއް: ޑރ. އިޔާޟް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ