މާކުރަތުގެ ކަރަންޓު ގެ މައްސަލަ ބޮޑުވެ، ރައްޔިތުން މުޒާހަރާކޮށްފި

ރ.މާކުރަތު ގެ ކަރަންޓުގެ މައްސަލަ ބޮޑުވެ، ރައްޔިތުން މުޒާހަރާ ކޮށްފި އެވެ.
ވީނިއުސް އަށް މައުލޫމާތު ހިއްސާ ކުރައްވަމުން މާކުރަތުު ކައުންސިލްގެ ރައީސް ހަސަން އަލީ ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރެއިން ފެށިގެން ކަރަންޓްގެ މައްސަލަ ކުރިމަތިވެފައި ވާކަމަށެވެ.
ހަސަން ވިދާޅުވީ ކަރަންޓް ކެނޑުމުގެ ސަބަބުން ރައްޔިތުންނަށް ގިނަގުނަ ގެއްލުންތަށް ލިބެމުން ދާތީ ރޭ ވަނީ އިންޖީނުގެ ކައިރިއަށް ރައްޔިތުން އެއްވެ އަޑުއުފުލާފައި ކަމަށެވެ.
ހަސަން ވީދާޅުވީ ހުކުރު ދުވަހު ގެ ރޭ ކުއްލިޔަކަށް ކަރަނަޓް ކެނޑުމާއި ގުޅިގެން އިންޖީނު ގެ އަށް ދިއުމުން ވެގެން އުޅޭގޮތް ބުނެދިނުމަށް އިންޖީނުގެއިން ދެކޮޅުހަދާފައި ވާކަމަށާއި، ފަހުން އިންޖީނު ގޭގެ ދޮރުވެސް ބަންދުކުރި ކަމަށެވެ.
" ކަރަންޓް ކެޑުމުން އަޅުގަނޑު ދިޔައިން އިންޖީނުގެކައިރިއަށް އިންޖީނު ގޭގެ މުވައްޒަފެއް ކައިރިން ކިހިނެއްތޯ ވީ އަހާލުމުން ބުނީ ނޭނގެ އޭ ކުުއްލިޔަކަށް ކަރަންޓް ދިޔައީ އޭ. އަޅުގަނޑަށް ފެނުނު އިންޖީނުން ވަރަށް ބައިވަރު ކަޅުތެޔޮ ފައިބާފައި ހުއްޓައ.، މޭނޭޖަރު ހުރީ ޗުއްޓީ ގައޭ ބުނި. އެކަމަކު އެތެރޭގަ އުޅޭ މެނޭޖަރު އޭރުވެސް" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ މިހާރު ވެސް ކަރަންޓު ދެވެމުން ދަނީ އެކި ސަރަހައްދުތަކަށް ވަގުތުކޮޅަކަށް ކަމަށެވެ.
މިމައްސަލަ އާގުޅިގެން ފެނަކައިގެ ރ އަތޮޅުގެ ރީޖަނަލް އެގްޒެކްޓިވް ނިއުސާދު ތައުފީގް ވިދާޅުވީ ރ. މާކުރަތު ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ޓަކައި އިންޖީނަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ފޮނުވާނެކަމަށެވެ.
މާކުރަތުން މިދިޔަ ނޮވެންބަރު ބާވީސްވަނަދުވަހު ކަރަންޓް ކެޑި މައްސަލަ ހައްލުނުކުރެވި ތިންދުވަސް ވިއެވެ. އޭގެ ސަބަބަުން ވިޔަފާރިވެރިންގެ މުދަލަށާއި ރައްޔިތުންގެ މުދަލަށް ވަނީގެއަލުންތަކެއް ލިބިފައެވެ. މާކުރަތުގެ އިންޖީނުގެ އަކީ މިހާރު ފެނަކައިގެ ދަށުން ހިންގާ އިންޖީނުގެ އެއްކަމުގައި ވީނަމަވެސް އެތަނުގެ އިމާރާތާއި އިންޖީނު ތަކަކީ ރައްޔިތުންގެ އިންޖީނުގެ ހިންގި އިރުވެސް ބޭނުންކުރަމުން ދިޔަ އިންޖީނުތަކެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ