ހޯރަފުށީ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބުކުރާނަން:ސައްލެ

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހޯރަފުށީ ދާއިރާގެ ގޮނޑި މިފަހަރު ކާމިޔާބު ކުރާނެ ކަމަށް، އެ ދާއިރާ އަށް ވާދަކުރައްވާ ހޯރަފުށީ އަހްމަދު ސަލީމް (ސައްލެ) ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފްގެ ކެމްޕެއިން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މަޖިލީހުގެ ދެ ދާއިރާއެއްގައި ވާދަކުރާ ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ނަގައިފަ އެވެ. އެގޮތުން ހޯރަފުށި ދާއިރާގެ ޕްރައިމަރީގައި އަހްމަދު ސަލީމްއާ ވާދަކުރައްވާ، އެމްޑީޕީގެ އެ ދާއިރާގެ ރައީސް ޝަމްއޫން ޝަރީފްވަނީ ޕްރައިމަރީގައި ވާދަ ނުކުރާނެ ކަމަށް އިއުލާނު ކޮށްފަ އެވެ. 
ޝަމްއޫން ވިދާޅުވީ ވަރަށް ގިނަ މަޝްވަރާތަކަށް ފަހު ފަހަތަށް ޖެހެން ނިންމީ ދާއިރާގެ ގޮނޑި ޕާޓީއަށް ޔަގީން ކުރަންކަމަށެވެ.
ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ވެސް ހުންނެވި އަހްމަދު ސަލީމް ވިދާޅުވީ ޝަމްއޫން އަކީ ވަރަށް ހިއްވަރުގަދަ ބޭފުޅެއްކަން ސާބިތު ކޮށްދީފިމަކަށާއި ރައްޔިތުން މަޖިލީހުގެ ހޯރަފުށި ދާއިރާގެ ގޮނޑި އިރާދަކުރެއްވިއްޔާ މި ފަހަރު ކާމިޔާބުކުރައްވާނެކަމަށެވެ.
މި ހަފްލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ޕާޓީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ