އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލައިގައި އެޗްއާރުސީއެމުން ދައުވާކުރަން ނިންމައިފި

މޭޑޭ މުޒާހަރާއިން ފުލުހަކަށް އަނިޔާކުރި މައްސަލައިގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް ގ. ކީމާ އަބްދުﷲ ރަޝީދު މުހައްމަދު ޖަލުގައި މަރުވި މައްސަލައިގެ އިހުމާލުވި ފަރާތްތަކާއި ދެކޮޅަށް ދައުވާކުރަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ނިންމައިފިއެވެ.
އެޗްއާރްސީއެމް އިން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ތަހުގީގަށް ރިއާއަތްކޮށް، ދައުވާ ކުރުމަށް އިއްޔެ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެ ކޮމިޝަނުން ފޮނުވާފައިވާ ކަމަށެވެ.
އަމިއްލަ އަށް އިސްނަގައިގެން އެޗްއާރުސީއެމުން ކ. މާފުށީ ޖަލުގައި އަބްދުﷲ ރަޝީދު މަރުވި މައްސަލަ ތަހުގީގުކުރަން ނިންމީ 2017 ވަނަ އަހަރުގެ ފަހު ކޮޅުގައެވެ.
އަބްދުﷲ ރަޝީދު މަރުވެފައިވަނީ އޮކްޓޯބަރ 10، 2017 ވަނަ ދުވަހު އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އަބްދުﷲ ރަޝީދުގެ އާއިލާއިން ބުނެފައި ވަނީ އޭނާގެ ބަލިހާލު ބޮޑުވުމުން ވެސް ފަރުވާ ނުދީ ކަރެކްޝަންސް އިން ލަސްކޮށްފައިވާ ކަމަށާއި އެކަމުގައި ކަރެކްޝަންސްގެ އިހުމާލު އެބައޮތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ