ކޮންމެ ބޭފުޅަކު ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވިޔަސް ޕީޕީއެމުން ބައިބައެއް ނުވާނެ: މައުމޫން

ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީ ކިތަންމެ ވާދަވެރި ނަމަވެސް ޕްރައިމަރީ އަށްފަހު ޕާޓީ ބައިބައިވެ ޕާޓީގެ ތެރޭގައި އެއްވެސް ހަމަނުޖެހުމެއް ނޯންނާނެ ކަމަށް ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
"ޕީޕީއެމަކީ ސިޔާސީ ގޮތުން ތަސައްރަފު ފުދިފައިވާ ނަމޫނާ ޕާޓީ އެއްކަން ރައްޔިތުންނަށް ސާބިތުކޮށްދޭނެ" ރައީސް މައުމޫން މިއަދު ވިދާޅުވި އެވެ. ނުވަ ކައުންސިލަރަކު މިއަދު ޕީޕީއެމަށް ސޮއިކުރި ހަފުލާގައި މައުމޫން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ބާއްވާނީ ވަރަށް މިނިވަން އިންސާފުވެރި މާހައުލެއްގައި ކަމަށާއި އެ އިންތިޚާބު ކާމިޔާބު ކުރައްވާ ބޭފުޅެއްގެ ފަހަތުގައި ޕާޓީގެ ހުރިހާ މެމްބަރުން ތިބޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިތުރު މެންބަރުންތަކެއް ވަރަށް އަވަހަށް އެ ޕާޓީއާ ގުޅިވަޑައިގަންނަވާނެ ކަމަށާއި މަޖިލީހުގެ އިތުރު ގޮނޑިތަކެއް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ހުސްވެގެންދާނެ ކަމަށެވެ. އަދި އެގޮނޑިތައް ވެސް ޕީޕީއެމުން ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް މަޖިލީހުގެ ތެރޭގައި އެންމެ މެންބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް ވާނެ ކަމަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ