އެމްއެޗް370 ހޯދާ ޓީމަށް ކަނޑުއަޑީގައި އޮތް ބޯޓެއް ފެނިއްޖެ، އެކަމަކު އެއީ އެމްއެޗް 370 އެއް ނޫން
ސިޑްނީ (މެއި 13) - ގެއްލިަފއިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރާ ޓީމަށް ކަނޑަަށް ފެތިފައިވާ ކުރިން ފާހަގަކުރެވިފައި ނުވާ ބޯޓެއް ހޯދައިފި އެވެ. އެމްއެޗް370 ހޯދުމުގެ މަސައްކަތް ކުރާ ޓީމުގެ އިސްވެރިޔާ ޕީޓާ ފޯލޭ ވިދާޅުވީ އެމްއެޗް370 ހޯދަން ބޭނުންކުރާ ސާމާނުގެ އެހީގައި ކަނޑުއަޑީގައި އޮތް ބޯޓެއް ފެނުމަކީ އުއްމީދު އާވާ ކަމެއް ކަމަށާއި އެކަމަކު "އެއީ އެ މީހުން ހޯދަން މަސައްކަތްކުރާ ބޯޓް ނޫން" ކަމަށެވެ. މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 މިދިޔަ އަހަރުގެ މާޗް މަހު ގެއްލުނީ ކުއާލަ ލަމްޕޫރުން ފުރައިގެން ޗައިނާ އަށް ދަތުރުކުރި މަގުމަތީގަ އެވެ. ގެއްލުނު ބޯޓުގައި 239 ޕަސިންޖަރުން ތިއްބެވެ. ބޯޓު ހޯދަން މިހާތަނަށް ކުރި މަސައްކަތުން އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ. އަދި ބޯޓަށްވީ ގޮތެއް ވެސް ނޭނގެ އެވެ. ބޯޓު ހޯދުމުގެ މަސައްކަތް ކުރާ ޓީމުން މިހާރު ދަނީ ކަނޑު އަޑި ބަލާ ޚާއްސަ އާލާތްތައް ބޭނުންކޮށްގެން އޮސްޓްރޭލިއާގެ ހުޅަނގުން އިންޑިއާ ކަނޑުގެ ދެކުނުން 60،000 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ބަލަމުންނެވެ. މިއީ ބޯޓު ވެއްޓިފައިވާނެ ކަމަށް ސެޓެލައިޓް ޑޭޓާގެ އަލީގައި އެންމެ ބޮޑަށް ލަފާ ކުރެވޭ ސަރަހައްދެވެ. މި ސަރަހައްދުގެ 75 ޕަސެންޓް މިހާރު ބަލާފައިވާ އިރު ބޯޓާ ބެހޭ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެ އެވެ. ބޯޓު ހޯދުމުގެ މަސައްކަތުގައި އިސްކޮށް އުޅޭ ޗައިނާ، މެލޭޝިއާ އަދި އޮސްޓްރޭލިއާ އިން މިދިޔަ މަހު ވަނީ މިހާރު ބަލަމުންދާ ސަރަހައްދުން ބޯޓު ނުފެނިއްޖެ ނަމަ ސަރަހައްދު ދެ ގުނަކޮށް 120،000 އަކަކިލޯ މީޓަރުގެ ސަރަހައްދެއް ބަލާނެ ކަމަށް ބުނެފަ އެވެ. އެމްއެޗް370 ހޯދަން ކަނޑުއަޑީގައި ބޭނުންކުރާ ސޯނާ ސްކޭނާ އިން ދައްކާފައިވާ ފެތިފައިވާ ބޯޓުގެ ބައިތައް އެމްއެޗް370 ހޯދާ ސަރަހައްދުން ފެތިފައިވާ ބޯޓެއް ފެނިފައި ވަނީ ކަނޑުއަޑިން ހަތަރު ކިލޯމީޓަރު (2.5 މޭލު) އަޑިން ސޯނާ ސްކޭން އިކްއިޕްމަންޓަކުން ބަލަމުން ދަނިކޮށެވެ. ހައި ރިޒޮލިއުޝަން ސްކޭނާ ވެހިކަލުން ފުރަތަމަ ދެއްކީ ކްރިކެޓް ބޯޅައެއް ވަރުގެ އެއްޗެހިތަކެކެވެ. އޮފިޝަލުން ފުރަތަމަ ވެސް ބުނެފައި ވަނީ އެއީ ގެއްލިގެން ހޯދަމުންދާ މަތިންދާ ބޯޓު ނޫން ކަމަށެވެ. އެހެންވެ އެ ސަރަހައްދުގެ ކަނޑު އަޑިއަށް ކެމެރާ ބާލައިގެން އިތުރަށް ވަނީ ބަލައިފަ އެވެ. ކެމެރާ އިން ބެލުމުން ވަނީ އެ ބޯޓުގެ ނަގިއްޔާއި އެހެން ބައެއް ސާމާނު ފެނިފަ އެވެ. ނަމަވެސް ފޯލޭ ވިދާޅުވީ މިހާރު ބަލަމުންދާ ސަރަހައްދުގައި އެމްއެޗް370 އޮތް ނަމަ ފެންނާނެކަމުގެ ވަރަށް ބޮޑު އުއްމީދެއް ލިބިފައިވާ ކަމަށެވެ. އަދި ބޯޓު ހޯދުމުގެ މަސައްކަތް ކުރާ މީހުންނާއި އާލަތްތަކުގެ ބަރާބަރުކަން މިހާރު ކަށަވަރުވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ. "އެމްއެޗް370 ފެނޭތޯ ބަލާ ސަރަހައްދުގައި ބޯޓުގެ ބައެއް އޮވެއްޖެ ނަމަ ހޯދޭނެ،" އޭނާ ވިދާޅުވި އެވެ. އެމްއެޗް370 ހޯދަން ކަނޑުއަޑީގައި ބޭނުންކުރާ ސޯނާ ސްކޭނާ މޫދަށް ބާލަނީ. --އޭއެފްޕީ ފައިލް ފޮޓޯ ވެސްޓަން އޮސްޓްރޭލިއަން މެރިޓައިމް މިއުޒިއަމްގެ ސީނިއާ މެރިޓައިމް އާކިއޮލޮޖިސްޓް މައިކަލް މެކާތީ ވިދާޅުވީ މިހާރު ފެނިގެން އެ އުޅެނީ 19 ވަނަ ގަރުނުގައި ފެތުނު ކާގޯ ބޯޓެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ