މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ޔާމީން ހާޒިރުކޮށްފި

02-11-2011 15:50 ކޮމިޓީ ބައްދަލުވުން ނިންމާލައިފި. 02-11-2011 15:48 ޔާމީން ވިދާޅުވީ ބަރުމާ އަށް ކުރެއްވި ދަތުރުގައި ބައްދަލުކުރެއްވީ އެސްޓީއޯގެ ކާޑުގެ ކޮމިޝަން އޭޖެންޓަކަށް ހުރި މީހާއާ ކަމަށާއި އެއީ ކާޑުގެ ކޮމިޝަން ބޮޑުކަމުން ބޭއްވި ބައްދުލުވުމެއް ކަަމަށް. 02-11-2011 15:46 ޕީޕީއެމް އާއި ޑީއާރުޕީގެ ބައެއް މެމްބަރުން ހިތްހަމަނުޖެހިގެން ނުކުމެއްޖެ. 02-11-2011 15:38 މުނީޒްގެ ބޯނަސް ހިފަހައްޓާ އަދަބު ދީފައިވާ ކަން މަނިކުގެ ވާހަކަ އިން އެނގިފައިވާ ކަމަށާއި އެހެންވީމާ މިކަން ހިނގާފައިވަނީ ގޯސްކޮށް ކަމަށް ގަބޫލުނުކުރައްވަނީ ކީއްވެގެންތޯ އަލީ ވަހީދު ސުވާލުކުރެއްވުމުން ޔާމީން ވިދާޅުވީ މުވައްޒަފުންގެ މުސާރަ އާއި ބޯނަސް ހިފެހެއްޓުމަކީ އެސްޓީއޯގެ ޗެއާމަން ކުރައްވާ ކަމެއް ނޫން ކަމަށާއި އެކަން އެނގިވަޑައިނުގަންނަވާ ކަމަށް. 02-11-2011 15:36 ބުރުނާއީ އަށް ދިޔައީ މުނީޒާ އެކު ކަމަށް ދެކޮޅެއް ނަހަދަން: ޔާމީން 02-11-2011 15:34 "ތެލުގެ ނޫން އެހެން ވަގު ވިޔަފާރިއެއް ވެސް ކޮށްފައެ ނޯންނާނެ،" ޔާމީން ވިދާޅުވި. އޭނާ ވިދާޅުވީ އޭނާ އެސްޓީއޯ އިން ނިކުމެވަޑައިގެންނެވި އިރު އެ ތަނުގެ ހުރިހާ ލިޔެކިޔުންތައް އެ ތަނުގައި ހުންނާނެ ކަމަށާއި "އަޅުގަނޑު އެންމެ ކަރުދާސްކޮޅެއް ވެސް ނުގެންދަން" ކަމަށް. 02-11-2011 15:34 ޔާމީން ވިދާޅުވީ ކޯޓް އަމުރެއް ނެތި އެސްޓީއޯ ސިންގަޕޫރަށް ދިވެހި ފުލުހުން ވަތް ކަން އެނގިވަޑައިގަންނަވާ ކަމަށް. އަދި އެ ކުންފުނީގައި ހުރި ހުރިހާ ޑޮކިއުމެންޓްތައް ފޮޓޯކޮޕީ ހަދައި އޮރިޖިނަލް ޑޮކިއުމެންޓްތައް ވެސް އެކައުންޓިން ފާމް ގްރާންޓް ތޯންޓަން އަށް ބަދަލުކޮށްފައިވާ ކަން ވެސް އެނގިވަޑައިގަންނަވާ ކަން އޭނާ ވިދާޅުވި. "އެހެންވީމާ ތި 800 މިލިއަން ޑޮލަރުގެ މައްސަލާގައި އަޅުގަނޑު ކަހަރުވަކެކޭ ވެސް ހިތަކަށް ނާރާ،" ޔާމީން ވިދާޅުވި. 02-11-2011 15:30 ޔާމީން ވިދާޅުވީ އެސްޓީއޯގެ ޗެއާމަންކަމާ ހަވާލުވިތާ ކުރީކޮޅު ބަރުމާ އަށް ދަތުރެއް ކުރެއްވި ކަމަށާއި ނަމަވެސް އެއީ ހަނޑުލާ ބެހޭ ދަތުރެެއް ކަމަށް. އަދި އެ ދަތުރުގައި އަރިހުގައި ވަޑައިގަތީ ކޮން ބައެއް ކަން ހަނދާނެއް ނެތް ކަމަށާއި ނަމަވެސް ލިޔެކިޔުމުން ކޮމިޓީ އަށް އެކަން ސާފުކުރެވިދާނެ ކަމަށް. 02-11-2011 15:27 މެމްބަރުން ޔާމީނާ ސުވާލުކުރައްވަނީ. 02-11-2011 15:25 މަހުލޫފް ވިދާޅުވީ 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަނީ ރައްޔިތުންނަށް އޮޅުވާލަން ކަމަށް. 02-11-2011 15:23 ރޮޒައިނާ ވިދާޅުވީ އެސްޓީއޯ މަނިކާއި މުނީޒު މި ކޮމިޓީގައި ދެއްކެވި ވާހަކަ ދިމާނުވާ ކަމަށް. އަދި ސަނާ އާއި އާޝާން ވިދާޅުވީ މޯކަމް ޓްރޭޑިން ކިޔާ އިތުރު ކުންފުންޏެއް އުފެއްދި ކަމެއް ނޭނގޭ ކަމަށް ކަމުގައި ވެސް ރޮޒައިނާ ވިދާޅުވި. 02-11-2011 15:22 ޕީޕީއެމްގެ ޖަލްސާއެއް މިރޭ އޮންނަ ކަން މަހުލޫފް ކުރިން އިއުލާންކުރެއްވުމުން، ރޮޒައިނާ ޑީއާރުޕީގެ ޖަލްސާ ކޮންމެ ބުދަދުވަހުގެ ރޭ އޮންނަ ކަން އިއުލާންކުރައްވައިފި. މިހާރު ރޮޒައިނާ އާއި އަލީ ވަހީދާ ދެމެދު ޒުވާބެއް އެބަ ހިނގާ. 02-11-2011 15:20 ޔާމީން ވިދާޅުވީ ތެޔޮ އުފުލާ ބޯޓު ހަމަޖެއްސުމަކީ އެސްޓީއޯގެ ޗެއާމަންގެ ޒިންމާއެއް ނޫން ކަމަށާއި އެކަން ބަލަން އެސްޓީއޯގެ ވެރިން ތިބޭނެ ކަަމަށް. 02-11-2011 15:12 އަލީ ވަހީދު ވިދާޅުވީ އެސްޓީއޯ އިން ސީދާ ބަރުމާއާ މުއާމަލާތު ނުކުރަންވީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަަމަށް. 02-11-2011 15:11 ޔާމީންގެ ޗެއާމަންކަމުގައި އެސްޓީއޯ އިން ބަރުމާއާ އެކު ތެލުގެ މުއާމަލާތްކުރި ގޮތް ކަމަށް ބުނެ ކުރެހުމެއް އަލީ ވަހީދު ކުރައްސަވަމުން އެބަގެންދަވާ. އިދިކޮޅު ބައެއް މެމްބަރުން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން މަލާމާތްކޮށް ބައެއް މެމްބަރުން އަވަގުރާނަ ގޮވި އަޑު ޓީވީން އިވިއްޖެ. 02-11-2011 15:06 ޔާމީން ވިދާޅުވީ އެސްޓީއޯގެ ހުރިހާ ލިޔެކިޔުންތައް ބެލުމަށް ފަހު ކޮމިޓީން ގޮތެއް ނިންމަންވީ ކަމަށް. އަދި އޭނާ ވިދާޅުވީ މޯކަމްގެ މައްސަލަ އެސްޓީއޯގެ ބޯޑަށް އައިސްފައި ނުވާ އިރު ޗެއާމަންގެ ހައިސިއްޔަތުން އޭނާ އަށް އެކަމާ ބެހޭ އެއްޗެއް ނޭނގޭ ކަމަށާއި އެނގެން ނުވެސް ޖެހޭ ކަމަށް. އަދި އެސްޓީއޯގެ ބޯޑަށް ނައިސް، މޯކަމްގައި އެސްޓީއޯގެ ހިއްސާއެއް އޮވެ، ނުވަތަ އެސްޓީއޯގެ ދެ މުވައްޒަފަކު މޯކަމްގައި ތިބި ނަމަ "އެކަން ކުރި މީހަކު ހުންނާނެ" ކަމަށް އޭނާ ވިދާޅުވި. ޔާމީން ތަކުރާރުކޮށް ވިދާޅުވީ މޯކަމް އުފައްދާފައި ވަނީ ގާނޫނާ އެއްގޮތަށް ކަމަށް ވަކާލުނުކުރައްވާ ކަމަށާއި އެ ކަން އެނގިވަޑައިނުގަންނަވާ ކަމަށް. 02-11-2011 14:55 މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ މޯކަމް ކުންފުނި އުފައްދާފައި ވަނީ ގާނޫނާއި ގަވާއިދާ ޚިލާފަށް ކަމަށް، މި ކޮޓީ އަށް ހާޒިރުކުރި އެސްޓީއޯގެ ހުރިހާ ވެރިން އެއްބަސްވެފައިވާ ކަމަށް. ނަމަވެސް ޔާމީން ވިދާޅުވަނީ އެއީ ގާނޫނާ އެއްގޮތަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށްތޯ ނާޒިމް ސުވާލުކުރެއްވުމުން ޔާމީން ވިދާޅުވީ އޭނާ ވިދާޅުވީ އެކަން ނޭނގޭ ކަމަށް ކަމަށާއި ނަމަވެސް ގާނޫނާ ޚިލާފަށް އެކަން ހިނގާފައި އޮވެދާނެ ކަން ގަބޫލުކުރަން ދަތި ކަމުގައި ކަމަށް. "ގާނޫނާ އެއްގޮތަށޭ، ނުވަތަ ގާނޫނާ ޚިލާފަށޭ ވެސް އަޅުގަނޑު ނުދަންނަވަން. ... އަޅުގަނޑަށް ބުއްދީގެ ހަމަތަކުން ގަބޫލުކުރަން ދައްޗޭ، ގާނޫނާ ޚިލާފަށް ހިނގާފައި އޮތް ކަމެއް ކަމަށް،" ޔާމީން ވިދާޅުވި. 02-11-2011 14:51 ޔާމީން އަށް ސުވާލެއް އަމާޒުކުރަން އަލީ ވަހީދު ތިން ފުރުސަތު ދެއްވުމުން ވެސް މަހުލޫފް ސުވާލު ނުކުރެއްވުމުން ފުރުސަތު އަނބުރާ ގެންދަވައިފި. 02-11-2011 14:49 މަހުލޫފް ވާހަކަ ދައްކަވަން ކޮމިޓީ ހޫނުވެ އޭނާ ނެރެން މެމްބަރުން ގޮވަން ފަށައިފި. މަހުލޫފް ވިދާޅުވީ ޔާމީން ކޮމިޓީ އަށް ހާޒިރުކުރީ ޕީޕީއެމް އަށް ހުރަސް އަޅަން ކަމަށް. 02-11-2011 14:47 ޔާމީން ވިދާޅުވީ ސިންގަޕޫރަކީ ގާނޫނު ތަންފީޒުކުރުމުގައި މި ސަރަހައްދުގައި އޮތް އެންމެ ސްޓްރިކްޓް ގައުމު ކަމަށް. އަދި އެސްޓީއޯ ސިންގަޕޫރުގެ ފައިސާއެއް ބޭންކް މެދުވެރިނުކޮށް ނޫނީ ނުފޮނުވޭނެ ކަމަށާއި އެހެންކަމުން އެ ވިޔަފާރިއާ ބެހޭ ލިޔެކިޔުންތައް ހުންނާނެ ކަމަށް އޭނާ ވިދާޅުވި. 02-11-2011 14:44 ޔާމީން ވިދާޅުވީ އެސްޓީއޯ އާއި މޯކަމް ކުންފުންޏާ ދެމެދު މުއާމަލާތްތަކެއް ހިނގި ނަމަ ހިނގާފައި އޮންނާނެ ކަމަށް ބެލެވެނީ ގާނޫނާ އެއްގޮތަށް ކަމަށް. އަދި އެސްޓީއޯގެ އެމްޑީއަކަށް ހުންނަވާ ބޭފުޅަކަށް ނުވަތަ ޓޮޕް މެނޭޖްމެންޓަށް ނޭނގި އެސްޓީއޯގެ މުވައްޒަފުންތަކަކަށް މޯކަމް ކުންފުނީގެ ބޯޑުގައި ތިބެވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް އޭނާ ވިދާޅުވި. 02-11-2011 14:40 މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނިތަކުގެ ބޯޑުތަކަށް މީހުން އައްޔަންކުރުމާއި ވަކިކުރުމަކީ އެސްޓީއޯގެ ޗެއާމަންއާ ބެހޭ ކަމެއް ނޫން ކަމަށާއި އެހެންކަމުން މޯކަމް ކުންފުންޏާ ބެހޭގޮތުން އެއްޗެއް "އަޅުގަނޑަކަށް ނުވެސް އެނގެއޭ، އެނގޭކަށް ނުވެސް ޖެހެއޭ" ކަމަށް. 02-11-2011 14:29 ޔާމީން ކޮމިޓީ ހޯލަށް ވަޑައިގެންނެވުމާ އެކު ބައެއް މެމްބަރުން އަތްތިލަބަޑި ޖަހައި އުފާފާޅުކުރި. ކޮމިޓީގެ ރިޔާސަތުން މުގައްރިރު އަލީ ވަހީދު މިހާރު ގެންދަވަނީ ޔާމީނާ ސުވާލުކުރައްވަމުން. އަދި އަލީ ވަހީދުގެ ނިންމެވުމުގެ މަތިން މި ބައްދަލުވުން އެމްއެންބީސީން ދަނީ ލައިވްކުރަމުން. ލައިވްކުރުމާ މެދު އިދިކޮޅު ބައެއް މެމްބަރުން ވަނީ ދެކޮޅު ހައްދަވާފައި. 14:25 ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ދެންމެ ހާޒިރުކޮށްފި އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެމަނިކުފާނުގެ ކޮއްކޯފުޅު އަދި ކުރީގެ މިނިސްޓަރު ޔާމީން ހިންގެވި ކަމަށް ތުހުމަތުކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ހިޔާނާތުގެ މައްސަލަ އެ ކޮމިޓީން ދަނީ ބަލަމުންނެވެ. ޔާމީން މި ހާޒިރުކުރީ އެ މައްސަލާގައި ސުވާލުކުރުމަށެވެ. އެ ކޮމިޓީގެ ރޭގެ ބައްދަލުވުން އެމްއެންބީސީން ލައިވްކޮށްފައިވެ އެވެ. އަދި ލައިވްކުރުން ހުއްޓާލުމުން، ކޮމިޓީ ހުއްޓާލި ކަމަށް ބުނެ، އެމްޑީޕީ ބަޔަކު މަޖިލިސް ދޮށަށް އެއްވެ، ފަހުން ޕީޕީއެމްގެ ބަޔަކު ވެސް އެ ތަނަށް ގޮސް މުޒާހަރާކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ