މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް އައްޔަން ކުރުމަށްޓަކައި ޓީވީ ޕްރެޒެންޓަރ ޝިފްލާ އިބްރާހިމްގެ ނަން ލިސްޓްގެ އެންމެ ކުރީގައި ހިމަނައި މަޖިލީހަށް ފޮނުވައިފިއެވެ.
ޝިފްލާ އިބްރާހިމްގެ ނަން ލިސްޓްގެ އެންމެ ކުރީގައި ހިމަނައި މީގެ ކުރިންވެސް ރައީސުލްޖުމުހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހް ވަނީ މަޖިލީހަށް ފޮނުވާފައެވެ. އެހެންނަމަވެސް އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހުން ވަނީ ޝިފްލާއަށް ވޯޓު ނުދީ އެމްޑީޕީ އެކްޓިވިސްޓް ގައިސް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކު ފާޑުކިޔާފައިވަނީ ސިފްލާ އަކީ ނޫސްވެރިކަމުގެ ދާއިރާއިން ކިޔަވައި ގިނަ ތަޖުރިބާތަކެއް ލިބިފައިވާ ފަރާތަކަށް ވުމުންނެވެ. އަދި ގައިސް އަކީ މީގެ ކުރިން އެމްޑީޕީގެ ކައުންސިލަރުން ކަން ކޮށް މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވެސް ވާދަކޮށްފައެވެ.
ރައީސުލްޖުމުހޫރިއްޔާ ފޮނުއްވި ލިސްޓްގައި ވަނީ:
1 ޝިފްލާ އިބްރާހިމް
2 އައިމިނަތު އަމީނާ
3 އައިމިނަތު ނުޒުހާ
4 ސައުދާ ސަލީމް
5 މުހައްމަދު ފަޒީން
6 ޒުބައިރު އަހުމަދު
7 މޫސާ ރިލްވާން
8 އަބުދުލް އަޒީޒް ޖަމާލް އަބޫބަކުރު
9 ހުސެއިން ފާއިޒް
10 އިމްރާން ބިންތް އަބްދުﷲ
11 އިސްމާއިލް ސާޖިދު
12 އަހުމަދު ހަލީލް
13 މުހައްމަދު ރަޝީދު އަހުމަދު
14 އަހުމަދު ފައިރޫޒު
15 އައިޝަތު އަރީފާ
ގާނޫނު ނަންބަރު 16/2010 ބްރޯޑްކާސްޓްކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ ހ ގައިވާ ގޮތުގެމަތިން މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި،ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ ނަންތައް ދިރާސާ ކޮށް ގޮތެއް ނިންމުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް މިހާރު ވަނީ ފޮނުވާފައެވެ.
ބޮރޯޑްކޮމްގެ މެމްބަރު ކަމަށް، ރައީސްގެ ލިސްޓްގެ އެންމެ ކުރީގައި މިފަހަރުވެސް ޝިފްލާ އިބްރާޙިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ