ޢަސްކަރިއްޔާއިން ހުށަހެޅި ދުސްތޫރީ އިސްލާޙުތައް މިސްރު ރައްޔިތުން ބަލައިގެންފި

ދިއިސްލާމް ޑެއިލީމިދިޔަ ޖެނުއަރީމަހު 25ގައި މިސްރު ރައްޔިތުން މަގުތަކަށް ނުކުމެ ފެށި ސިޔާސީ އިސްލާޙީ ޙަރަކާތުގައި، އެޤަމުގެ ކުރީގެ ރައީސް ހުސްނީ މުބަރަކުގެ އިސްތިއުފާއަށް ފަހު މިއީ ލިބުނު އެންމެ ބޮޑުކާމިޔާބުކަމަށް ގިނަ ބަޔަކު ބުނެއެވެ.މިސްރުގެ އިދިކޮޅު ފަރާތްތަކުން މައިގަނޑު ގޮތެއްގައި އާ ދުސްތޫރަކަށް ގޮވާލަމުން ދިޔަނަމަވެސް އަސްކަރިއްޔާއިން އިދިކޮޅު ބައެއްފަރާތްތަކުގެ މަޝްވަރާއާއެކު ދުސްތޫރަށް މި ހުށަހެޅި އިސްލާޙުތައް މިސްރުރައްޔިތުން ބަލައިގަނެފައިމިވަނީ އިއްޔަ މިސްރުގައި މިކަމަށް ޚާއްސކޮށްގެން ނެގި ވޯޓެއްގައެވެ. މިއީ ދިމުޤްރާޠީ މަގުގައި ނުހުއްޓި ކުރިޔަށް ދިއުމުގެބޭނުމުގައި މިސްރުރައްޔިތުން އެޅި ފިޔަވަޅެއްކަމަށް އިދިކޮޅު ފަރާތްތަކުންބުނެއެވެ.އިސްލާޙު ހުށަހެޅިފައިވަނީ މިސްރުގެ ޤާނޫނުއަސާސީގެ 8 މާއްދާޔަކަށެވެ.މި އިސްލާޙުތަކުގެ ތެރޭގައި ރިޔާސީ ދައުރު ހަތަރު އަހަރުކަމަށް އަދި ދެދައުރަށްވުރެ ގިނަ ދައުރު އެކަކަށް ނުފުރޭގޮތަށް ހެދުން ހިމެނެއެވެ. އަދި އޮފީހާ ހަވާލުވަތާ 60 ދުވަސްތެރޭ ނައިބަކު އައްޔަން ކުރުން ރައީސްގެ މައްޗަށް ލާޒިމްކުރުން ހިމެނެއެެވެ.މިސްރުގެ އިލެކްޝަން ކޮމިޝަންގެ ރައީސް އަޙްމަދު ޢަޠިއްޔާ އިއްޔަ ހާމަކޮށްފައިވާގޮތުން، އެޤައުމުގެ ވޯޓުލުމުގެ ޝަރުތު ފުރިހަމަވާ 45 މިލިޔަންމީހުންގެ އާބަދީގެ 41 އިންސައްތަ މި ވޯޓުގައި ބައިވެރިވެފައިއެވެ. އި އިޞްލާޙުތައް ފާސްވެފައިމިވަނީ ވޯޓްލީ 77 އިންސައްތަ މީހުންގެ އާބަސް ލިބިގެންނެވެ.މިސްރުއާބާދީގެ 18 އިންސައްތަ ޙިއްސާކުރާ ނަޞާރާއިން ބުނަމުންދިޔައީ އިސްލާޙުތަކަށް އެމީހުންނޫނެކޭ ބުނާނެކަމަށެވެ. މި އިސްލާޙުތަކަށް ނޫނެކޭ ބުނުމަށް ގޮވާލަމުން ދިޔަ ފަރާތްތަކުގެ ތެރޭގައި، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަމަށް އިޢުލާނު ކުރައްވާފައިވާ ދެފަރާތް ކަމުގައިވާ، ޢަރަބިލީގުގެ  ސެކްރެޓެރީ ގެނެރަލް އަދި ކުރިން ޚަރިޖީވަޒީރުކަން ކުރައްވާފައިވާ ޢަމްރުމޫސާ އާއި، އައ.ިއޭ.އީ.އޭ. ގެ ކުރީގެ ވެރިޔާ މުޙައްމަދު އަލްބަރާދައީވެސް ހިމެނިވަޑައިގަންނަވަނއެވެ.ނޫނެކޭ ބުނާ ފަރާތްތަކުގެ މައިގަނޑު ބުނުމަކީ މިއިސްލާޙުތަކުގެ އާޚިރު ނަތީޖާއެއްކަމުގައިވަނީ އިޚްވާނުލް މުސްލިމީން އަދި ކުރީގެ ރައީސް ހުސްނީ މުބާރަކުގެ ޕާރޓީ އެން.ޑީޕީން މަޖްލިސްކުރާގެ ލިބި، ރިއާސީ އިންތިޚާބަށް ތައްޔާރުވުމަށް މިދެފަރާތްނޫން އެހެންފަރާތްތަކަށް އެކަށޭނެ ވަގުތެއް ނުލިބުން ކަމަށެވެ.އެންމެބޮޑު އިދިކޮޅު ހަރަކާތެއްގެ ގޮތުގައި އޮތް އިޚްވާނުލް މުސްލިމީންގެ ފަރާތުން ނާއި ބައެއް އެހެން ކުދިކުދި ޕާޓީތަކުންވެސް ކެމްޕެއިންކޮށްފައިވަނީ މި އިޞްލާޙުތަކަށް ތާއީދޮކޮށްނެވެ.މިއީ މިސްރުގައި މިވީ ބައި ގަރުނެއްހާ ދުވަސްތެރޭ ބޭއްވުނު ފުރަތަމަ އިންސާފުވެރި އިންތިޚާބުކަމަށް ޚަބަރުތައްބުނެއެވެ. – އަލްޖަޒީރާ ، އެސޯސިއޭޓެޑް ޕްރެސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ